ކުއްޔަށް ދިނުން
ނަންބަރު: (IUL)410/410/2026/29
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 22:49
ސުންގަޑި: 05 ނޮވެންބަރު 2026 10:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ދާންދޫގައި އަލަށް ހިއްކި ރަށުގެ އިރުމަތީ ފަރާތުން ވިޔަފާރި ބޭނުމަށް ބީލަން އުޞޫލުން، ބިން ކުއްޔަށް ދޫކުރުން

ގއ. ދާންދޫއިން އަލަށް ހިއްކި ރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި ކަނޑައެޅިފައިވާ ބިންތަކުގެ ތެރެއިން މި އިޢުލާނުގެ ދަށުން "ދާންދޫގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ރަށްވެހި ރައްޔިތުންނަށް ނުވަތަ އެއިން ފަރާތެއްގެ މަދުވެގެން ފަންސާސް އެކެއް އިންސައްތަ (%51( ހިއްސާ ޝާމިލުވާ ކުންފުނިތަކަށް" ވިޔަފާރި ބޭނުންތަކަށް ކުއްޔަށް ދޫކުރުމަށް، ދާންދޫ ގެ އަލަށް ހިއްކި ރަށުން 11 ބިން 50 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

  1. މި ބީލަމުގައި ރަޖިސްޓްރީވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
  2. މި ބީލަމުގައި ރަޖިސްޓްރީ ވެވޭނީ "ދާންދޫގެ ރަށްވެހި ރައްޔިތުންނަށް ނުވަތަ އެއިން ފަރާތެއްގެ މަދުވެގެން ފަންސާސް އެކެއް އިންސައްތަ  (51%) ހިއްސާ ޝާމިލުވާ ކުންފުނިތަކަށެވެ.
  3. މި އިޢުލާނާއި ގުޅިގެން މި ބީލަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  4. މި ބިންތަކަކީ މިކައުންސިލުގެ ނަމުގައި، ވިޔަފާރި ބޭނުމަށް (ވިޔަފާރި ބިންތައް ގޮތުގައި) ރަޖިސްޓްރީ ހެދިފައިވާ މި ކައުންސިލުގެ މިލްކުވެރިކަން އޮތް ބިންތަކެވެ.
  5. މި 11 ބިމުގެ ތެރެއިން ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތި ލާންވާނީ އެފަރާތަކުން ޝައުޤުވެރިވާ ބިންތަކަށެވެ. ނަމަވެސް އެއްފަރާތަކަށް އެއްބިމަށްވުރެ އިތުރުބިމެއް މި އިޢުލާނުގެ ދަށުން ކުއްޔަށް ނުދެވޭނެއެވެ.
  6. މި އިޢުލާނުގެ ދަށުން ކުއްޔަށް ބިންދޫކުރާ ސަރަހައްދުގެ ބިން ދައްކުވައިދޭ ޗާޓެއް މި އިޢުލާނާއިއެކު ޢާންމު ކުރެވިފައިވާނެއެވެ.
  7. ބީލަން ރަޖިސްޓްރޭޝަން ފޯމާއި އަދި މަޢުލޫމާތު ކަރުދާސްވެސް މި އިޢުލާނާއިއެކު ޢާންމު ކުރެވިފައި ވާނެއެވެ.
  8. ބީލަމުގައި ރަޖިސްޓްރީވާނީ މި އިޢުލާނާއި އެކު ޢާންމު ކޮށްފައިވާ، ބީލަން ރަޖިސްޓްރޭޝަން ފޯމް (ޖަދުވަލް 2) ފުރުމަށްފަހު، މި އިޢުލާނުގައި ބީލަން ރަޖިސްޓްރީ ކުރުމަށް ކަނޑައެޅިފައިވާ ތާރީޚާއި އަދި އެގަޑީގެ ކުރިން ދާންދޫ ކައުންސިލަށް އެފޯމް ފޮނުވައިގެންނެވެ.
  9. ޝާމިލުވާ ވިޔަފާރިއަކުން ނަމަ ޝާމިލުވާ ވިޔަފާރީގައި، ބީލަން ހުށަހަޅާ ފަރާތް އެވިޔަފާރީގައި ހިމެނޭ އިންސައްތަ އެގޭނެފަދަ ލިޔުމެއް (އިކޮނެމިކް މިނިސްޓްރީއިން ދޫކުރާ ލިޔުން) ބިޑް ރަޖިސްޓްރޭޝަން ފޯމާއެކު ހުށަހަޅަން ވާނެއެވެ.
  10. ބީލަންވެރިން ބިޑް ރަޖިސްޓްރޭޝަން ފޯމް ކައުންސިލަށް ފޮނުވުމުން އެފޯމުގައި ކައުންސިލުން ފުރަންޖެހޭބައި ފުރާފަ ކައުންސިލުން ސޮއިކޮށް ސްޓޭމްޖަހައި ހުށަހެޅި ފަރާތުގެ މެއިލް މެދުވެރިކޮށް ފޮނުވުމުން އެހާ ހިސާބުން އެފަރާތެއް މި ބީލަމުގައި ރަޖިސްޓްރީ ކުރެވުނީއެވެ.
  11. މި އިޢުލާނާއި އެކު ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ކަންކަން އިތުރަށް އޮޅުން ފިލުވައި ދިނުމަށް މަޢުލުމާތު ދިނުމުގެ ސެޝަން މިއިޢުލާނުގައި ކަނޑައެޅިފައިވާ ތާރީޚުގައި އެގޮތުގެ މަތީން އޮންނާނެއެވެ.
  12. 12.  ބީލަން ހުށަހަޅާ ފޯމު ބީލަން ވެރިންނަށް ދޫކުރާނީ މަޢުލޫމާތުދޭ ސެޝަނުގައިއެވެ.
  13. އެއްވެސް ސަބަބަކާހުރެ މަޢުލޫމާތުދޭ ސެޝަނުގައި ބައިވެރި ނުވެވުނަސް ބީލަން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. އެފަދަ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ވަގުތު އޮއްވާ ކައުންސިލުން ބީލަން ހުށަހަޅާ ފޯމު ހޯދަންވާނެއެވެ.
  14. ހުރިހާ ބީލަން ވެރިންވެސް ބީލަން ހުށަހަޅަންވާނީ ބީލަން ހުށަހެޅުމަށް މިއިޢުލާނުގައި ކަނޑައަޅާފައިވާ ތާރީޚުގައި އަދި އެގަޑީގައި އެވެ.

ކުއްޔަށް ދޫކުރުމަށް ކަނޑައެޅިފައިވާ ބިންތަކާއި، ބިމުގެ ރަޖިސްޓްރީ ނަންބަރ، ބިމުގެ ބޮޑުމިން (އފ)، ކުއްޔަށް ދޫކުރެވޭ ބިމުގައި ކުރެވޭނެ ބޭނުން އަދި އެބިންތައް އޮތްތަން އެނގޭ މަޢުލޫމާތު

 

ކުއްޔަށް ދޫކުރެވޭ ބިންތައް ބޭނުންކުރެވޭނެ ގޮތާއި އަދި ބިން ދޫކުރާ މުއްދަތު:

  • ކުއްޔަށް ދޫކުރެވޭ ބިންތައް ބޭނުންކުރަންވާނީ މި އިޢުލާނާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށް ވިޔަފާރި ބޭނުންތަކަށެވެ.
  • މިބިންތަކުގައި، މަޢުލޫމާތު ކަރުދާހުގައި ކުރުން މަނާކޮށްފައިވާ ކަންކަން މި ބިންތަކުގައި ނުކުރެވޭނެއެވެ.
    • ބިން ކުއްޔަށްނެގޭ މުއްދަތު: (މަސްދުވަސް): 600 މަސް ދުވަސް (50 އަހަރު ދުވަސް)
    • މި ބިންތައް ދޫކުރެވޭނީ އެންމެ ދިގު މުއްދަތަކަށް އެއްފަހަރާ 50 އަހަރު ދުވަހަށެވެ.

ކުލި ހުށަހަޅާނެ ގޮތާއި ކުއްޔަށް ދެވޭ މުއްދަތުގައި ކުލި ނެގުމަށް މުއްދަތު ބަހާލެވިފައިވާ ގޮތާއި ބިމުގައި ކުރާ ބޭނުމާއި އަދި ހުށަހެޅޭނެ އެންމެ ކުޑަކުއްޔާއި ކުލި ހުށަހަޅާނެ ގޮތް ތިރީގައި އެވަނީ އެވެ.

  • ބިޑް ހުށަހަޅާ ފަރާތުން ކުލި ހުށަހަޅާނީ، މިކައުންސިލުންދެވޭ ބީލަން ހުށަހަޅާ ފޯމުންނެވެ.
  • ފުރަތަމަ 12 މަސްދުވަހުގެ މުއްދަތުގައި ކުލި ނުހިގާނެއެވެ.

ބީލަންވެރިން ކުލި ހުށަހަޅާނެ ގޮތް:

  • ބިމުގެ ރަޖިސްޓްރީ ނަންބަރު: ...................................................

  1. މި އިޢުލާނުގެ ދަށުން ކުއްޔަށްދެވޭ ބިން ކުއްޔަށް ދޫކުރެވެނީ 50 އަހަރުގެ މުއްދަތަށެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 12 މަސްދުވަސް ހިނގާނީ ކުލި ނުހިނގާ ގޮތަށް ދެވޭ ގްރޭސް ޕީރިއަޑްގެ ގޮތުގައި އެވެ.
  2. މި އިޢުލާނުގެ ދަށުން ކުއްޔަށްދެވޭ ބިމުގެ މުއްދަތު ކުލި ދެއްކުމަށް ކައުންސިލުން ބަހާލާފައިވާ ޕީރިއަޑްތަކަށް، އެ ޕީރިއަޑުގެ މަސްތަކަށް ބިމުގެ އަކަފޫޓަކަށް ފެށޭ އެންމެ ކުޑަ ކުއްޔެއްގެ ގޮތުގައި ކައުންސިލުން ކަނޑައަޅާފައިވާ ކުލި  ބަޔާންކޮށްފައި އެވަނީ މަތީގައިވާ ޓޭބަލުގައި "ބިމުގެ އަކަފޫޓަށް ފެށޭކުލި" ޖަހަން އިންބައިގާ ޖަހާފައެވެ. ބީލަންވެރިންނަށް މިއަށްވުރެ ބޮޑުކޮށް ކުލި ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވިފައެވެ.
  3. ބިމުގެ ރަޖިސްޓްރީ ނަންބަރުޖަހާފައި އިންތަނުގައި ޖަހާނީ އެފަރާތަކުން ހުށަހަޅާ ބިމުގެ ރަޖިސްޓްރީގެ ނަމްބަރެވެ.
  4. ބީލަންވެރިން ކުލި ހުށަހަޅާނީ މިޓޭބަލުގައި "ހުށަހަޅާ ކުލި" ޖެހުމަށް އިން ހުސް ގޮޅީގައި މަހަކަށް އަކަފޫޓަކަށް ދޭން ބޭނުންވާ ކުލި ޖަހައިގެން އަދި ކުލި ޖުމްލަ އަކަފޫޓާއި ގުނަކޮށްގެން މަހަކަށްޖެހޭ ކުލިހިނގާ ޖުމްލަ މަސްދުވަހާއި ގުނަކޮށްގެން 50 އަހަރަށް ދައްކަންޖެހޭ ޖުމްލަ ކުލި ހިމަނައިގެންނެވެ. އަދި ޖުމްލަ އަށް އަންނަންވާނީ ދާންދޫ ކައުންސިލަށް ކުލީގެ ގޮތުގައި ދެވޭނެ ޖުމްލަ ފައިސާގެ ޢަދަދެވެ.
  5. ކުލި ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  6. ކައުންސިލުން އަކަފޫޓަކަށް ފެށޭ ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ ދަށްކޮށް އެއްވެސް ފަރާތަކުން މިކަމަށް ކުލި ހުށަހަޅައިގެން ނުވާނެއެވެ.
  7. މިކަމަށް ކުރިމަތިލާ އެއްވެސް ފަރާތަކުން ކައުންސިލުން އަކަފޫޓަކަށް ފެށޭކުލި ކަމުގައި ކަނޑައަޅާފައިވާ ކުއްޔަށްވުރެ ކުޑަ ކުލި ހުށަހަޅާފަރާތްތަކުގެ ހުށަހެޅުން ކެންސަލް ކުރެވޭނެއެވެ.
  8. ބީލަން ހުށަހަޅާ ފަރާތްތަކުގެ ބީލަން އެގޮތުގެ މަތިން ބަލައިގަތުމަށްފަހު ބީލަން އިވެލުއޭޝަން މަރުހަލާގައި ހުރިހާ ފަރާތްތަކުން ހުށަހަޅާފައި ހުރި ހުރިހާ ބީލަމުގެ ހިސާބު ހަދާފައި ހުރީ ރަނގަޅަށްތޯ ބަލައި ޗެކު ކުރާއިރު ނުބައިކޮށް ހިސާބު ހަދާފަ ހުންނަ ބީލަންތައް ކެންސަލް ކުރެވޭނެއެވެ. އަދި އެކަން އެފަރާތަކަށް ލިއުމުން އެންގޭނެއެވެ.
  9. ވީމާ، ހުރިހާ ފަރާތަކުން ބީލަން ފޯމުގައި ފައިސާގެ ޢަދަދުތައް ހިސާބުކޮށްފަ ޖަހާއިރު ކުށް ނުޖަހައި ޞައްޙަ ޢަދަދުތައް ޖެހުމުގެ މައްޗަށް ސަމާލުކަން ބެހެއްޓުމަށް ދަންނަވަމެވެ.
  10. ބީލަން އެވޯޑްވާ ފަރާތްތަކުން ބިމުގެ ކުލި ދައްކަމުން ދާންވާނީ އަދި ބިމާއި ގުޅޭ ގޮތުން ޢަމަލުކުރަމުން ދާންވާނީ ބިން ކުއްޔަށް ނަގާ ފަރާތާއި ކައުންސިލާއެކު ވެވޭ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތީންނެވެ.
  11. ބީލަން ހުށަހަޅާ ފަރާތުން ކުލި އަދި ބީލަން ހުށަހަޅާނީ، މިކައުންސިލުން ދެވޭ ބީލަން ހުށަހަޅާ ފޯމުންނެވެ.
  12. ބީލަން ހުށަހަޅާ ފަރާތުގެ 2 މަސް ހަމަނުވާ 1 އަހަރު ދުވަހުގެ ބޭންކް ސްޓޭޓްމަންޓް ފާއިތުވި އަހަރުގެ އޯޑިޓް ރިޕޯޓް ނުވަތަ މާލީ ތަނަވަސްކަން އަންގައިދޭ ބޭންކް ބެލަންސް ކޮންފަމޭޝަން ލެޓަރ އެއް ހުށަހަޅަން ވާނެއެވެ.
  13. ބީލަން ހުށަހަޅާ ފަރާތުން އެފަރާތުގެ ނަމުގައި ތައްޔާރުކުރާ "ވިޔަފާރިޕްލޭން"ހިމެނޭ ކަރުދާއެއް ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓެއްގައި ލިޔެ ހުށަހަޅަން ވާނެއެވެ. އަދި CSRގެ ދަށުން ކުރުމަށް ކަނޑައަޅާ ކަންކަން އަހަރުތަކަށް ބަހައިގެން ކޮށްދޭނެ ގޮތުގެ ޕްލޭން ހުށަހަޅާ ވިޔަފާރި ޕްލޭނުގައި ހިމަނަންވާނެއެވެ.
  14. ކައުންސިލުން އަކަފޫޓަކަށް ފެށޭ ކުލި ކަނޑައަޅާފައިވާ މިންވަރަށްވުރެ ދަށްކޮށް އެއްވެސް ފަރާތަކުން މިކަމަށް ކުލި ހުށަހަޅައިގެން ނުވާނެއެވެ.
  15. މިކަމަށް ކުރިމަތިލާ އެއްވެސް ފަރާތަކުން ކައުންސިލުން އަކަފޫޓަކަށް ފެށޭކުލީގެ ގޮތުގައި ކަނޑައަޅާފައިވާ ކުއްޔަށްވުރެ ކުޑަކުލި ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުން ކެންސަލް ކުރެވޭނެއެވެ.
  16. ކައުންސިލަށް ބިމުގެ މަހު ކުލި ދައްކަމުން ދާންވާނީ ބިން ލިބޭ ފަރާތާއިއެކު ވެވޭ އެއްބަސްވުމުގައި ބަޔާންކުރާގޮތުގެ މަތީންނެވެ.

އިވެލުއޭޓް ކުރެވޭނެ ކްރައިޓީރިއާ

  1. ކުލި % 75
  2. މާލީ ޤާބިލުކަން % 10         
  3. ވިޔަފާރި ޕްލޭން % 5
  4. އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމް CSR ގެ ދަށުން ކުރުމަށް ކަނޑައަޅާ ކަންކަން: % 10

 

އެހެނިހެން ކަންކަން:-

  • މި ބިން ކުއްޔަށްދޫކުރުމާއި ބެހޭ އިތުރު މަޢުލޫމާތު ހިމެނިފައިވާނީ ބީލަމާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާހުގައިއެވެ. ބީލަން ހުށަހަޅާ ފޯމް ހަވާލުކުރެވޭނީ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގެ ތެރެއިންނެވެ.
  • ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އެއްވެސް ބިމެއް ނުވަތަ އެއްވެސް ތަނެއް މީގެ ކުރިން ކުއްޔަށް ނެގިފަރާތަކުން އެއްވެސް ފައިސާއެއް ކައުންސިލަށް ދައްކަންޖެހި ނުދެއްކި ވާނަމަ އެފަދަ ފަރާތްތަކުން މި އިޢުލާނުގެ ދަށުން ބިމަކަށް އެދެންވާނީ މި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ 3 (ތިނެއް) ދުވަހުގެ ކުރިއަށް އެފައިސާއެއް އެއްކޮށް ދާންދޫ ކައުންސިލަށް ދައްކާ ޚަލާސް ކުރުމަށް ފަހުގައިއެވެ. މިފަދަ ފަރާތްތަކުން ފައިސާ ނުދައްކާހުރެ މިއިން ބިމަކަށް ކުރިމަތިލިކަމުގައި ވީނަމަވެސް އެ ހުށަހެޅުން ޑިސްކޮލިފައިޑް ކުރެވޭނެއެވެ.

ބީލަން ރަޖިސްޓްރީ ކުރުން:

މި އިޢުލާނުގެ ދަށުން މި ބީލަމުގައި ރަޖިސްޓްރީވާނީ މި އިޢުލާނާއި އެކު ޢާންމު ކޮށްފައިވާ، ބީލަން ރަޖިސްޓްރޭޝަން ފޯމް (ޖަދުވަލް 2) ފުރުމަށްފަހު،  05 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ދާންދޫ ކައުންސިލަށް އެފޯމް ފޮނުވައިގެންނެވެ. މިފޯމް ދާންދޫ ކައުންސިލްގެ ކައުންޓަރަށް ހާޒިރުވެގެންވެސް ހަވާލުކުރެވިދާނެއެވެ. ނުވަތަ މެއިލް މެދުވެރިކޮށްގެންވެސް ފޮނުވިދާނެއެވެ. މެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރޭޝަން ފޯމް އަދި ކަމާއި ގުޅޭ ލިއުން ފޮނުވާ ފަރާތްތަކުން ފޮނުވާނީ މިކައުންސިލްގެ [email protected]  މި މެއިލް މެދުވެރި ކޮށެވެ. އަދި ކައުންސިލަށް ފޯމް ލިބުނުތޯ އެފަރާތަކުން ކަށަވަރުކުރަން ވާނެއެވެ.

މަޢުލޫމާތު ދިނުން:

މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ  05 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލްގައި ބާއްވާ އޮންލައިން މީޓިންގ ގައެވެ. މީޓިންގް ލިންކް މިބިޑްގައި ރަޖިސްޓްރީ ކުރާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ. އަދި މި މީޓިންގ އަށް ހާޒިރުވެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު އޮންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ހުށަހެޅުން:

ބީލަން ހުށަހެޅުން، ބީލަން ހުޅުވުން އޮންނާނީ 15 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި ބާއްވާ އޮންލައިން މީޓިންގައެވެ. މީޓިންގް ލިންކް މިބިޑްގައި ރަޖިސްޓްރީ ކުރާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ. އަދި މި މީޓިންގ އަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު އޮންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު:-

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ

އަމީނީމަގު، ގއ.ދާންދޫ، ދިވެހިރާއްޖެ،

ފޯން  : 6820026، 7330026

އީމެއިލް : [email protected]

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

27 އޮކްޓޫބަރު 2026