ދިވެހިރާއްޖެ
46ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެޥޯޑު އަދި އަންހެން މަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން 2026 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ބާއްވާ ޙަފްލާގައި ދެވޭ،
ތިރީގައި ދަންނަވާފައިވާ އެވޯޑްތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ.
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާ ކެޔޮޅު (35 އަހަރުން މަތި)
- އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާ އެވޯޑު.
- މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު.
ވީމާ، މި އެވޯޑަށް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެވޯޑުތަކަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، 29 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން
މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. މިކަމާ ގުޅޭ ފޯމުތައް މިނިސްޓްރީގެ ވެބްސައިޓް، www.fishagriocean.gov.mv އިން
ޑައުންލޯޑްކުރެވެން ހުންނާނެ ކަމުގައި ދަންނަވަމެވެ. އަދި މިކަމާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިނިސްޓްރީގެ ފޯނު ނަންބަރު 3339223 ނުވަތަ 3339243 އާ ގުޅުއްވުން އެދެމެވެ.