މަސައްކަތް
ނަންބަރު: (IUL)213-PRC/213/2026/57
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 16:38
ސުންގަޑި:
09 ނޮވެންބަރު 2026 11:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލެކްޗަރސް ރޫމަށް ބޭނުންވާ ތަކެތި ގަތުމަށް
- ލެކްޗަރސް ރޫމަށް ބޭނުންވާ ތަކެތި ގަތުމަށް
- ލެކްޗަރ ރޫމަށް ތަކެތި ގަތުމަށް މިއިންސްޓިޓިއުޓް ކުރި ނަންބަރ (IUL)213-PR/213/2026/10 އިއުލާން ގުޅުގެން ހުށައެޅުނު އަގުތައް މާބޮޑު ކަމަށް ވާތީ އެއިލާން ގުޅިގެން ހުށައެޅު އަގުތައް ބާޠިލް ކުރި ވާހަކަ ދަންނަވަމެވެ. އަދި އެތަކެތި ހޯދުމަށް އަލުން އިއުލާން ކުރަމެވެ.
- މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަން ފޮތް މިއިޢުލާން އެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
- މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2026 އޮކްޓޯބަރ 27 ން 2026 ނޮވެމްބަރ 02 ގެ ނިޔަލަށް ތިރީގައިވާ މެއިލްއަށް ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މައުލޫމާތު ފޮނުއްވުން އެދެމެވެ.
- ކުންފުނީގެނަން، ރަޖިސްޓްރީ ނަންބަރ ، ގުޅޭނެ ނަންބަރ
- ރަޖިސްޓްރީ ކުރެއްވުމަށް ހުށައަޅުއްވާ ފަރާތައްތަކަށް ރަޖިސްޓްރީ ވިކަން މިއިންސްޓިޓިއުޓް އިން އަންގާނެ ވާހަކަ ދަންނަވަމެވެ. މެއިލް ގެ ސަބްޖެކްޓްއަކަށް ޖައްސަވާނީ މިއިއުލާން ގެ ނަންބަރ އެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ނޮވެމްބަރ 04 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ނޮވެމްބަރ 08 ވަނަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކް މީޓިންގ ރޫމްގައި
- މިޕްރޮކިއުމަންޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000/-ރ. (ފަންސަވީސް ހާސް ދިވެހިރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ..
- މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ
ރެހެންދިހިގުން
ފޯން:3002571
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
27 އޮކްޓޫބަރު 2026