ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 މަޤާމް:  | 
 އެޑްމިނިސްޓޭޓިވް އޮފިސަރ (ދާއިމީ)  | 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
|
| 
 މުސާރަ:  | 
 މަހަކު -/5020 ރުފިޔާ  | 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/1500 ރުފިޔާ  | 
|
| 
 އޮފީސް:  | 
 ޣާޒީ ބަންޑާރައިން ސްކޫލް  | 
 ސެކްޝަން/ ޔުނިޓް:  | 
 އެޑްމިނިސްޓްރޭޓިވް ސެކްޝަން  | 
|
| 
 މަޤާމުގެ ކުލެސިފިކޭޝަން:  | 
 އޮފިސަރ ގްރޭޑް 2  | 
| 
 މަޤާމުގެ ރޭންކް:  | 
 ޖީ. އެސް. 4  | 
| 
 
 
 މަޤާމުގެ ޝަރުޠު:  | 
 1 އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ'ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލު ސެޓުފިކެޓު އިމްތިޙާނުގައި ' ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލު ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  | 
| 
 
 
 
 
 
 
 މަޤާމުގެ މަސްއޫލިއްޔަތުތައް:  | 
 1- ސްކޫލަށް ލިބޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް އެންޓްރީއަށް އަރުވައި، ސްކޫލުގެ އިސްވެރިޔާ ސޮއިކުރުމަށް ގެންދިޔުމާއި، އިސްވެރިޔާ އަންގަވާ ގޮތެއްގެ މަތިން، އެ ތަކެތި ނިމުމުން، އެ މެސެޖެއް ނުވަތަ ސިޓީއެއް ރައްދުވާ ފަރާތަށް ލަސްނުކޮށް ރައްދުކޮށްދިނުން. 2- ކުރުމުއްދަތެއްގައި ނުވަތަ އަވަސްގޮތެއްގައި ޖަވާބުދިނުމަށް މެސެޖެއް ނުވަތަ ސިޓީއެއްފަދަ "އަރޖެންޓް" ލިޔުމެއް ލިބިއްޖެނަމަ، ކަމުގެ މުހިންމުކަމަށް ބަލައި، ވީ އެންމެ އަވަސް ފުރުސަތެއްގައި ސްކޫލުގެ ވެރިޔާއަށް ނުވަތަ އެހެނިހެންވެސް އިސްފަރާތަކާއެކު މަޝްވަރާކޮށް، ޒިންމާދާރުކަމާއެކު ޖަވާބު ތައްޔާރުކޮށް ފޮނުވަންވާނެއެވެ. 3- މުވައްޒަފުންގެ ހާޒިރީ ތައްޔާރުކޮށް ބެލެހެއްޓުމާއި، ގަޑިޖެހޭ މީހުންނާއި ސަލާމްބުނާ ނުވަތަ ޗުއްޓީނަގާ ފަރާތްތަކުގެ މަޢުލޫމާތުވެސް ހާޒިރީން އެނގޭފަދަގޮތެއްގައި ފާހަގަކޮށް، ސްކޫލުގެ އިސްވެރިޔާގެ ލަފާގެމަތިން ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ނިންމުމާއި، މަސް ނިމުމުން ހާޒިރީ ރިޕޯޓް ހަދައި، ސްކޫލުގެ ވެރިޔާލައްވާ ސޮއިކުރުމަށްފަހު، މުސާރަ ޝީޓް ހެދުމަށް ބަޖެޓް ސެކްޝަނާ ހަވާލުކުރުން ނުވަތަ ފައިލްކުރުން. 4- ސްކޫލުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާތޯ ބެލުން. 5- ދަރިވަރުން ސްކޫލަށް ވެއްދުމަށް ފޯމު ދޫކުރުމުގެ ކުރިން، އެ ދަރިވަރަކާބެހޭ މަޢުލޫމާތު ހޯދައި، ސްކޫލުގެ އިސްވެރިޔާ ކަނޑައަޅުއްވާފައިވާ ފަރާތަކަށް އެ މަޢުލޫމާތު ހިއްސާކުރަންވާނެއެވެ. އަދި ދަރިވަރު ވެއްދުމަށް ފޯމު ދޫކުރަންވާނީ، ސްކޫލުގެ އިސްވެރިޔާ ނުވަތަ އިސްވެރިޔާ ކަނޑައަޅުއްވާ ފަރާތަކުން ދަރިވަރު ވެއްދޭނެކަމުގެ ސާފު މަޢުލޫމާތު ފޯރުކޮށްދިނުމުންނެވެ. 6- ލީވިންގ ސެޓްފިކެޓް ފޯމު ދޫކޮށް، އެ ފޯމު ބަލައިގަނެ، ލީވިންގ ސެޓްފިކެޓް ތައްޔާރުކޮށްދިނުން. ލީވިންގ ސެޓްފިކެޓް ތަޔާރުކުރުމުގެ ކުރިން ފޯމުގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތެއްތޯ ސްކޫލުގެ އިސްވެރިންނާއި ނުވަތަ އެކަމަށް ޚާއްޞަ މުވައްޒަފެއް ހުންނަވާނަމަ، އެފާރާތާ ވާހަކަދައްކައި ކަށަވަރުކުރުން. 7- ސްކޫލު އިސްވެރިޔާގެ މަޝަވަރާގެމަތިން ސްކޫލުގެ މުވައްޒަފުންނާ ގުޅޭ އެންމެހައި ކަންކަން ރާވައި ހިންގުން.  | 
| 
 
 އުޖޫރައާއި ޢިނާޔަތް:  | 
 - އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ ޤަވާއިދުން އިތުރުގަޑީގެ ފައިސާ. - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިނުމަށް ސިވިލް ސަރވިސްއިން ކަނޑައަޅުއްވާފައިވާ އެލަވަންސާއި ޢިނާޔަތްތައް. - ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގަވައިދުގައިވާ ގޮތުގެ މަތީން ވަޒީފާއާއި މުސާރައިގެ ކުރިއެރުން.  | 
| 
 
 
 މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:  | 
 - ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން. - ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން. - ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތެއްކަމުގައިވުން. - ތަޢުލީމާއި ތަމްރީނަށް. - މި ދާއިރާއިން ތަޖުރިބާ ލިބި، ހާޒިރީއާއި މަސައްކަތަށް ފަރުވާތެރި މީހެއްކަމުގައިވުން.  | 
| 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސަރުކާރު ބަންދުނޫން ދުވަސް ދުވަހު ރަސްމީ ގަޑީގައި މި މަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) 2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ. 3. ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. 4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. 5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދާ ކާޑުގެ ކޮޕީ. 6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި، އީ-މެއިލް އެޑްރެހާއެކު)  | 
| 
 ސުންގަޑި:  | 
 މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 މާރިޗު 6 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި މަދަރުސާއަށް ހުށަހެޅުން އެދެން.  | 
| 
 
 އިންޓަވިއުކުރާ ތަނާއި ތާރީޚާއި ގަޑި:  | 
 - މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސް، އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. - މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.  | 
| 
 އިތުރު މަޢުލޫމާތު:  | 
 މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6500046 ނަންބަރު ފޯނާއެވެ.  | 
14 ޖުމާދަލްއޫލާ 1437