ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-QA/182/2026/67
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި:
20 ނޮވެންބަރު 2026 14:00
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިއޮތޯރިޓީގައި ދަފްތަރުކޮށްފައިވާ އަމިއްލަ ދިރިއުޅުމަށް ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކާއި ގުޅޭ
މި އޮތޯރިޓީގައި ދަފުތަރުކޮށްފައިވާ، އަމިއްލަ ދިރިއުޅުމަށް ޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުން، "އަމިއްލަ ދިރިއުޅުމަށް ޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި ޢަމަލު ކުރަންވީ ގޮތުގެ މިންގަނޑު"އަށް ޢަމަލުކުރާގޮތް ބެލުމަށް ޓަކައި ސާރވެއިލަންސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި އިންސްޕެކްޝަންތައް ކުރިއަށްދާނީ 05 ނޮވެންބަރު 2026އިން ފެށިގެން 20 ނޮވެންބަރު 2026ގެ ނިޔަލަށެވެ. ވީމާ، މި މުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް މި އޮތޯރިޓީގެ އިންސްޕެކްޓަރުން ޒިޔާރަތްކުރާނެކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
މި ކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 އަދި 3034221 އަށް ގުޅުއްވުން އެދެމެވެ.
27 އޮކްޓޫބަރު 2026