ދިވެހިރާއްޖެ
ޤާނޫނު ނަންބަރު: 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 7 ވަނަ ބާބަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރުލިބިގެން އެކުލަވައިލާފައިވާ، ގަވާއިދު ނަންބަރު: 2026/R-27 (ނޫސްމަޖައްލާ ރަޖިސްޓަރީކުރުމުގެ ގަވާއިދު) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ އެންމެހައި ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ ރިކޯޑުތައް އަދާހަމަކުރުމަށް ދީފައިވާ 6 (ހައެއް) މަސްދުވަހުގެ މުއްދަތު 28 އޮކްޓޫބަރު 2026 އަށް ހަމަވާނެއެވެ. ނަމަވެސް، އެ މުއްދަތު އިތުރު 3 (ތިނެއް) މަސްދުވަހަށް އިތުރުކޮށްދިނުމަށް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ.
ވީމާ، ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ އަދާހަމަކުރުމުގެ އެންމެ ފަހު ތާރީޚަކީ، 28 ޖަނަވަރީ 2027 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 ކަމުގައި ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.