ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2026/59
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:53
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމެޓީގެ ފަރާތުން ކަބަލުންނަށް ޙާއްސަކޮށްގެން

އިޢުލާން 

އ.ތ.މ ކޮމެޓީގެ ފަރާތުން  ކަބަލުންނަށް ޙާއްސަކޮށްގެން "ވަންޑޭ ކަޕް ވޮލީ މުބާރާތް" ނަމުގައި ވޮލީ މުބާރާތެއް ބޭއްވުމާއި ގުޅޭ:

 އ.ތ.މ ކޮމެޓީގެ ފަރާތުން 3 ނޮވެމްބަރ 2026 ގައި އިންނަމާދޫ އަންހެން ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ ވަންޑޭ ކަޕް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ޓީމްތަކުން ޓީމް ލިސްޓް ހެދުމަށްފަހު 01 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް "ރަޖިސްޓްރީ ފޯމް" ހުށަހެޅުއްވުން އެދެމެވެ. ޓީމެއްގައި މަދުވެގެން ހިމެނޭނީ 8 ކުޅުންތެރިންނެވެ. އަދި ގިނަވެގެން 10 ކުޅުންތެރިންނެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މި އިޢުލާނާއިއެކު އާންމު ކުރީމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ރަސްމީ ގަޑީގައި ނަމަ 6580052 އަދި ނުރަސްމީ ގަޑިތަކުގައިނަމަ (7408610) ކޮމެޓީގެ ރައީސާ ފާޠިމަތު ނިހާ އާއި ގުޅުއްވުން އެދެމެވެ.

މުބާރާތުގެ ވަނަތައް:

  • ޗެމްޕިއަން ޓީމް
  • އެންމެ މޮޅު 6 ކުޅުންތެރިން

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 އޮކްޓޫބަރު 2026