ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2026/56
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:37
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާކުނި އުކާލުމާއިގުޅޭ:

އިޢުލާން

ގާކުނި އުކާލުމާއިގުޅޭ:

               މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ނޭންގި ނަމަވެސް ފާރުތަޅާފައި ހުންނަ ގާކުނި ވަރަށް ގިނައިން ކުނިގޮނޑުގެ ކުނިވާ ޒާތުގެ ކުނި( ޑަސްޕިންކުނި) އުކާލާ ސަރަހައްދަށް، އެސަރަހައްދުގެ މަގު ބަންދުވާގޮތަށް އުކާލަމުން ގެންދާތީ ދަންނަވަމެވެ. މިއަދުން ފެށިގެން ކުނިގޮނޑު ހިމެނޭ އެއްވެސް ހިސާބަކަށް ގާކުނިފަދަ ތަކެތި ނޭޅުމަށް އާއްމުކޮށް އަންގަމެވެ. 

              އަދި ގާކުނި ފަދަ ތަކެތި އަޅަން ކައުންސިލުން ހަމަޖައްސާފައިވާނީ ލަކޯޒާ ކެފޭގެ ދެކުނުން ސޯލާ ޕެނަލް އިމާރާތުގެ ހުޅަނގަށްވާ ގޮތަށް ގޮނޑުދޮށަށް ކަމުގައިވެސް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 އޮކްޓޫބަރު 2026