ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2026/57
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 08 ނޮވެންބަރު 2026 13:30
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންނަމާދޫ ކައުންސިލަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 

ނަންބަރު:(IUL)307/INDIV/2026/57  

 

އިންނަމާދޫ ކައުންސިލަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލްގެ ބޭނުމަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިމިވާ ގޮތުގެ މަތިން އަމަލު ކުރެއްވުންވުމުން މި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.

1-    ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން:

  • 2026 ނޮވެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން  ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރޭޝަންފޯމް މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިކައުންސިލުން ލިބެންހުންނާނެއެވެ.
  • ބީލަން ރަޖިސްޓްރޭޝަން ފީއަކީ -/100 ރުފިޔާއެވެ.
  • ބީލަން ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބީލަން ރަޖިސްޓްރޭޝަންފޯމް ފުރުއްވުމަށްފަހު ތިރީގައިވާ އެކައުންޓަށް ރަޖިސްޓަރޭޝަން ފީ ޖަމާކުރުމަށްފަހު، ފޯމާއި ސްލިޕް މި ކައުންސިލްގެ މެއިލްއެޑްރެސް އަށް ([email protected]) މެއިލް ކުރެއްވުން ނުވަތަ ކައުންސިލްގެ ނަންބަރ: 7380052 އަށް ވައިބަރ  ކުރެއްވުން އެދެމެވެ. ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ފައިސާދައްކަވާ، ފޯމު ހުށަހެޅުއްވުން އެދެމެއެވެ.
  • ބީލަމުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބީލަމާއިގުޅޭ ލިޔެކިޔުންތައް އީމެއިލް ކުރެވޭނެއެވެ. މި ބީލަމާގުޅޭގޮތުން އިތުރު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. 

އެކައުންޓް ނަންބަރު: 7717700406001

އެކައުންޓް ނަން: 1348Revenue-1

  • ·      މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި ، ކުލަބް ޖަމުއިއްޔާތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑި ޖެހުމަށްފަހު ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ.

2-    ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ: 2026  ނޮވެމްބަރ 08 ވާ އާދިއްތަ ދުވަހު 13:30އެވެ. ބީލަން ހުށަހަޅަން ޖެހޭނީ ރ.އިންނަމާދޫ ކައުންސިލް އިދާރާއަށް ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި"ރ.އިންނަމާދޫ ކައުންސިލްގެ އިދާރާއަށް އެކްސްކަވޭޓަރެއް ސަޕްލައި ކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ  2026 ނޮވެމްބަރ 08 ވާ އާދީއްތަ ދުވަހު 13:30ގައި އިންނަމާދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.

3-    އިތުރު މައުލޫމާތު:

  • ކައުންސިލްގެ ނަންބަރު: 6580052 (ނުވަތަ)
  • ކައުންސިލްގެ ރައީސް – އިބްރާހީމް ހަލީމް
  • ފޯން: 7707173
  • އީމެއިލް: [email protected]

ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.

ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަން ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅައި  ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޖުމާދަލްއޫލާ 1448

26 އޮކްޓޯބަރ 2026

26 އޮކްޓޫބަރު 2026