ޢާންމު މަޢުލޫމާތު
ނަންބަރު: 539-A/2026/3
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 09 އޮކްޓޫބަރު 2026 13:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓު އިމާރާތުގައި ކުލަލުން

  1. މިކޯޓުން ދޭ މަޢުލޫމާތު އާ އެއްގޮތަށް  މި  ކޯޓުގެ އިމާރާތުގެ އެތެރެ އާއި ބޭރުގައި ކުލަ ލައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

  2. މި ބީލަން ހުޅުވާލެވިފައި މިވަނީ، ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) އަދި އަމިއްލަ ފަރުދުންގެ  ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  3. މި ބީލަމުގައި ބައިވެރިވާން  އެދޭ ފަރާތްތަކުން 2026 އޮކްޓޯބަރު 27 ން 2026 ނޮވެމްބަރު 1 ށް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރު ފަހު 13:00 ށް މި ކޯޓަށް ދުރުވެ ނުވަތަ އޮންލައިން ފޯމް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

  4. މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީ ވާ ފަރާތްތަކަށެވެ. އަދި  ބީލަން ޑޮކިއުމެންޓްސް ތައް އެ ފަރާތްތަކަށް ފޮނުވޭނެއެވެ.

  5. މި މަސައްކަތާ ގުޅޭގޮތުން ބާއްވާ ޕްރީ-ބިޑް  މީޓިންގް އަދި ސައިޓް ދެއްކުން އޮންނާނީ 2026 ނޮވެމްބަރު 2 ވާ ހޯމަ ދުވަހުގެ 13:00 ގައި ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

  6. މި ބީލަން އާ ގުޅޭގޮތުން  އެއްވެސް ސުވާލެއް އޮތްނަމަ، 2026 ނޮވެމްބަރ 8 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

  7. ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 2026 ނޮވެމްބަރު 9 ވާ ހޯމަ ދުވަހުގެ 13:00 ގައި ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓުގައެގެ.

  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    • ނަން: މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ މެޖިސްޓްރޭޓް ކޯޓު

    • ފޯން: 6540724

    • އީމެއިލް: [email protected]

       

ބިޑް ރަޖިސްޓްރޭޝަން ފޯމް

https://forms.cloud.microsoft/r/BVjk7JQSgv?origin=lprLink

27 އޮކްޓޫބަރު 2026