މަސައްކަތް
ނަންބަރު: (IUL)345-CAA/345/2026/74
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 05 ނޮވެންބަރު 2026 14:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ :

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ :

                

މިރަށު އިޖުތިމާޢީ ސަރަޙައްދުތަކުގައި ބެހެއްޓުމަށް ބޭނުންވާ 20 ޖޯލި (4 ޖޯލީގެ 5 ސެޓް) ހަދާދޭނެ ފަރާތެއް ހޯދުން.

މިރަށު އިޖުތިމާޢީ ސަރަޙައްދުތަކުގައި ބެހެއްޓުމަށް 20 ޖޯލި (4 ޖޯލީގެ 5 ސެޓް) ހަދާދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި އިއުލާން ނަންބަރު (IUL)345-CAA/345/2026/69 އަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން:

މިބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮހު ކައުންސިލްގެ އިދާރާގައި ބިޑް ރަޖިސްޓަރ ކުރެއްވުންއެދެމެވެ. ބިޑް ރަޖިސްޓަރ ކުރާނީ އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމުންނެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން 05 ނޮވެމްބަރ 2026 (ބުރާސްފަތި) އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުގައެވެ. އަދި އއ.މާޅޮހު ކައުންސިލުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ރަޖިސްޓަރީކުރާ ފަރާތްތަކަށް ބީލަމާބެހޭ އެންމެހާ މަޢުލޫމާތު ފޯރޮކޮށްދެވޭނެއެވެ.

މިބީލަމުގައި ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ:18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރާތްތަކަށްވެސް މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅޭނެއެވެ.

ބިޑްހުށަހެޅުން:

މި މަސައްކަތުގެ ބިޑް ހުށަހެޅުން އޮންނާނީ 09 ނޮވެމްބަރ 2026 (ހޯމަ) ދުވަހުގެ 10:30 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމުގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ނޯޓް: މެއިލް މެދުވެރިކޮށް ހުށަހަޅާ ބިޑްތަށް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

މި މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 08 ނޮވެމްބަރ 2026 (އާދިއްތަ) ދުވަހުގެ 12:00 ގެކުރިން މިއިދާރާގެ ނަމްބަރ 6660059 ފޯނާއި ގުޅުއްވައިގެން ނުވަތަ[email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.

27 އޮކްޓޫބަރު 2026