ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2026/112
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 29 އޮކްޓޫބަރު 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުކުމަޑިއާއި ހުދު ކޫޑި ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ބޭހަށް އެދި ހުށަހެޅުމުގެ ފުރުޞަތު އިތުރުކުރުން

މިއިދާރާގެ ނަންބަރ (IUL)417-SED/417/2026/109 (19 އޮކްޓޯބަރ 2026) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

ރުކުމަޑިއާއި ހުދު ކޫޑި ނައްތާލުމަށް ބޭނުންކުރާ "ޔޭޖިއާޗިންގް" (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ބޭހަށް އެދި ހުށަހެޅުމުގެ މުއްދަތު 2026 އޮކްޓޯބަރ 29 ވަނަ ދުވަހުގެ 14:00 އަށް ވަނީ އިތުރުކުރެވިފައެވެ. މި ބޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ނަން ނޯޓުކުރާ ގެތަކުގެ މެދުގައި ހަމަހަމަކޮށް ބަހާލައިގެންނެވެ.

 މި ބޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ނަން ނޯޓުކުރާ ގެތަކުގެ މެދުގައި ހަމަހަމަކޮށް ބަހާލައިގެންނެވެ. ރަޖިސްޓަރީކޮށްފައިވާ ކޮންމެ ގެއަކަށްވެސް ނަން ނޯޓުކުރެވޭނީ އެއް ފަހަރުއެވެ. ފޯމު ހުށަހަޅުއްވާއިރު، ގޭގެ ވެރިފަރާތުން ނުވަތަ ގޭގައި ދިރިއުޅުއްވާ ފަރާތެއްގެ ނަމުގައި ހުށަހެޅުއްވުމަށް ސަމާލުކަންދެއްވުން އެދެމެވެ. އަދި ފަޅުގެއެއް ނުވަތަ ގޯއްޗެއް ނަމަ، ގޭގެ ވެރިފަރާތް ނުވަތަ ވެރިފަރާތުގެ ޢާއިލާ މީހެއްގެ ނަމުގައި ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މި ބޭސް ބޭނުންވާ ފަރާތްތަކުން 2026 އޮކްޓޯބަރ 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށް ނުވަތަ ރުކުމަޑިއާއި ހުދުކޫޑި ކޮންޓްރޯލް ކުރުމުގެ ބޭހަށް އެދޭފޯމް ފުރިހަމަކުރުމަށްފަހު ނަން ނޯޓް ކުރެއްވުން އެދެމެވެ. މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

ލިންކް: https://vaarugey.hoandedhdhoo.gov.mv/submit-service-request/service-23

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

27 އޮކްޓޫބަރު 2026