ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419/419/2026/92
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 15 ނޮވެންބަރު 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2027 ވަނަ ދިރާސީ އަހަރަށް ކުދިން ވެއްދުން

2027 ވަނަ ދިރާސީ އަހަރަށް ކުދިން ވެއްދުން

   އީޘާރު ޕްރީސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީ އަށް ދަރިވަރުން ވެއްދުމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

2026 ވަނަ ދިރާސީ އަހަރު މި ޕްރީސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީއަށް ދަރިވަރުން ވެއްދުމަށް ހަމަޖެހިފައިވަނީ، ތިރީގައިވާ ތާވަލުގައިވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ.

ގްރޭޑް

2027 ދަރިވަރުން ވައްދާ އުމުރުފުރާ

ނާސަރީ

2026 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން.

ނޯޓް؛ ނާސަރީ އަށް ދަރިވަރުން ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެމްބަރު 31 އަށް އުމުރުން 3 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ މާރިޗު 31 ގެ މިޔަލަށް 3 އަހަރު ފުރޭ ކުދިންނަށް ނާސަރީ އަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ ލިޔުމަކުން އެދިއްޖެނަމަ އެކުއްޖަކަށް ދެވޭނެއެވެ.

ބޭބީ ނާސަރީ

2026 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން.

ނޯޓް؛ ބޭބީ ނާސަރީ އަށް ދަރިވަރުން ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެމްބަރު 31 އަށް އުމުރުން 2 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ މާރިޗު 31 ގެ މިޔަލަށް 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީ އަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ ލިޔުމަކުން އެދިއްޖެނަމަ އެކުއްޖަކަށް ދެވޭނެއެވެ.

 

ވީމާ، ނާސަރީ އަދި ބޭބީ ނާސަރީ އަށް ދަރިވަރުން ވައްދަން ބޭނުންވާ ފަރާތްތަކުން، ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް 15 ނޮވެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

    ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.                                  

27 އޮކްޓޫބަރު 2026