ޢާންމު މަޢުލޫމާތު
ނަންބަރު: 651-C/2026/12
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 01 ނޮވެންބަރު 2026 13:30
ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މަރާމާތު ކުރުން

ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓްކޯޓް          

    ވޭމަންޑޫ،

   ދިވެހިރާއްޖެ،                                                ނަންބަރު: 651-A/2026/12

 

އިއުލާން

 

ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ މިދަންނަވާ މަރާމާތުތައް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

- ކޯޓު އިމާރާތުގެ ދިޔަދޮވި އަދި ނަލަފިލާގެ މަރާމާތު.

- ކޯޓުގެ ކައުންޓަރ މަރާމާތު.

- ކޯޓުގެ ޝަރީއަތްރޫމް ގެ ސީލިންގ މަރާމާތު.

ވީމާ، މިދެންނެވި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 1  ނޮވެމްބަރ 2026 ދުވަހުގެ 13:30 އަށް، ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން، މަސައްކަތާބެހޭ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 5 ނޮވެމްބަރ 2026 ދުވަހުގެ 13:30 އަށް ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބަދަލުގައި މިހަކު ފޮނުވާނަމަ އެފަރާތުން ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އަދި  ކުންފުންޏެއްގެ ނަމުގައި ވަޑައިގަންނަވާނަމަ ކުންފުނީގެ ލެޓަހެޑުގައި، ކުންފުނީގެ ފަރާތުން ހާޟިރުވި ފަރާތެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އަދި ފަރުދީ ހައިސިއްޔަތުން ވަޑައިގަންނަވާނަމަ، އައިޑީކާޑު ގެންނަންވާނެއެވެ. ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

މިކަމާގުޅިގެން އިތުރަށް މައުލޫމާތު ބޭނުންފުޅުވެއްޖެނަމަ، އެކަމެއް ކޯޓަށް ހުށަހެޅުއްވުމުން، އެކަމެއް ސާފުކޮށްދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

     27 އޮކްޓޯބަރ 2026

 

 

27 އޮކްޓޫބަރު 2026