ދިވެހިރާއްޖެ
ބ.މާޅޮހު ސިއްހީމަރުކަޒުގައި ލެބޯޓަރީގެ ޙިދުމަތްދިނުމަށް އިމާރާތުގައި މަރާމާތު ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ބ.މާޅޮހު ސިއްހީމަރުކަޒުގައި ލެބޯޓަރީގެ ޙިދުމަތްދިނުމަށް އިމާރާތުގެ މަރާމާތު ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 27 އޮކްޓޫބަރ 2026 ވާ އަންގާރަ ދުވަހުން ފެށިގެން 05 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިއުލާނާއި ގުޅޭ ސައިޓް އިންސްޕެކްޝަން އޮންނާނީ 08 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 ގައި ބ.މާޅޮހު ސިއްހީ މަރުކަޒުގައެވެ. ސައިޓް އިންސްޕެކްޝަންގައި ބައިވެރި ނުވެވޭ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:30 ގައި ބ.މާޅޮހު ސިއްޙީ މަރުކަޒު ގައެވެ.
މި އިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 05 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހު މެންދުރު 11:00 ގެ ކުރިން [email protected] އަށް އީމެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
16 ޖުމާދަލްއޫލާ 1448ހ.
27 އޮކްޓޫބަރ 2026މ.