ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419/419/2026/91
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 15 ނޮވެންބަރު 2026 00:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1448 ވަނަ އަހަރުގެ ރަމަޟާން މަހުގައި ޙިފްޒުކޮށް ތަރާވީޙް ނަމާދުކުރާނެ ފަރާތްތައް ގެނައުމާއި ގުޅިގެން

1448 ވަނަ އަހަރުގެ ރަމަޟާން މަހުގައި ޙިފްޒުކޮށް ތަރާވީޙް ނަމާދުކުރާނެ ފަރާތްތައް ގެނައުމާއި ގުޅިގެން 

    1448 ވަނަ އަހަރު ރަމަޟާންމަހު ޚިފްޒްކޮށް ތާރާވީޙް ނަމާދު ކުރާނެ ޙާފިޒުން އަމިއްލަ ޙަރަދުގައި ގެނައުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ޙާފިޒުންގެ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައްވެސް ގެނެވިދާނެއެވެ. ޙިފްޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް ވަކި އުމުރެއްގެ ބޭފުޅުންވެސް ލާޒިމެއް ނޫނެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެފަރާތުން ގެނައުމަށް ގަސްތުކުރައްވާ ޙާފިޒުންގެ އަދަދު އެނގޭނެހެން ސިޓީއަކުން ނުވަތަ އީމެއިލް ( ([email protected] އަކުން މި ކައުންސިލަށް 15 ނޮވެމްބަރ 2026 ވަނަ ދުވަހުގެ ކުރިން ހުށައެޅުއްވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް 9120126 އަށް ގުޅާލަދެއްވުން އެދެމެވެ.  

             މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            14 ޖުމާދުލްޢޫލާ 1448

25 އޮކްޓޫބަރު 2026