ދިވެހިރާއްޖެ
ޤަވާޢިދު ނަންބަރު 2021/R-102 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާޢިދު)ގެ ދަށުން، ޢުމުރުން ދުވަސްވީ ފަރާތްތަކަށް ދޫކުރާ ޚާއްޞަ ލައިސަން ދޫކުރުމުގެ ބުރެއް، ބޭއްވުމަށްވަނީ ނިންމާފައެވެ.
މިލައިސަންސަށް އެދޭ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް އޮންނާނީ، 2026 ނޮވެންބަރު 03 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އިރުވެލި މާލަމުގައެވެ. އަދި އަމަލީ ތަމްރީން ޕްރޮގްރާމް އޮންނާނީ 2026 ނޮވެންބަރު 05 ވާ ހުކުރުގެ 14:00 ގައި ލައިސަންސް ޓްރެކްގައެވެ.
މިޚިދުމަތަށް އެދެވޭނީ ޢުމުރުން 60 އަހަރު ފުރިފައިވާ މަޑުއްވަރީގެ ރައްޔިތުންނަށެވެ.
ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2026 ނޮވެންބަރު 02 ވާ ހޯމަދުވަހުގެ 14:00ގެ ކުރިން މިކަމަށް އެދޭ ފޯމު ފުރިހަމަކުރައްވާ ހުށަހެޅުއްވުން އެދެމެވެ. ޚިދުމަތަށް އެދޭ ފޯމް މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.