މަސައްކަތް
ނަންބަރު: GS-108/IUL/2026/12
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 08:51
ސުންގަޑި: 10 ނޮވެންބަރު 2026 11:00
މިލަދުންމަޑުލު އުތުރުބުރީ ފީވަކު ސްކޫލް
ދިވެހިރާއްޖެ
ސްކޫލު ކުލާސްރޫމްތައް އޭސީ ކުރުމަށް ބޭނުންވާ ބައެއް މަރާމާތުކޮށް ދިނުމަށް

 

 

   ފީވަކުސްކޫލް                                            

     ފީވައް / ދިވެހިރާއްޖެ                                          ނަންބަރު: GS-108/IUL/2026/12

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ހޯލް ޢިމާރާތް، ސްޓާފް ރޫމް އަދި އޮފީސް ޢިމާރާތުގައި ކޮށްފައިވާ ސީލިންގ މަރާމާތުކުރުމާއި ކްލާސް ރޫމްތައް އެއަރ ކަންޑިޝަން ކުރުމަށްޓަކާ ބަންދު ކުރަންޖެހޭ ދޮރުތައް މަރާމާތު ކުރުން އަދި ހޯލް ޢިމާރާތުގައި ނެއްޓިފައިވާ މުށި ޖެހުން

މިސްކޫލް ހޯލް ޢިމާރާތް، ސްޓާފް ރޫމް އަދި އޮފީސް ޢިމާރާތުގައި ކޮށްފައިވާ ސީލިންގ މަރާމާތުކުރުމާއި ކްލާސް ރޫމްތައް އެއަރ ކަންޑިޝަން ކުރުމަށްޓަކާ ބަންދު ކުރަންޖެހޭ ދޮރުތައް މަރާމާތު ކުރުން އަދި  ހޯލް އިމާރާތުގައި ނެއްޓިފައިވާ މުށިތައް ޖަހާދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އިތުރު މަޢުމާތު ބީލަންފޮތުގައިވާނެވެ.

ނަން ނޯޓްކުރުމަށް ހަމަޖެހިފައިވާ މުއްދަތު

ނަން ނޯޓްކުރުމަށް ހަމަޖެހިފައިވާ ގަޑިތައް

27 އޮކްޓޯބަރ 2026 ން 02 ނޮވެމްބަރ 2026 އަށް

ރަސްމީ ދުވަސްތަކުގެ 09:00 ން 12:00 އަށް

 

-          މަތީގައިވާ މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ މުއްދަތުގައި ސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީ މެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްތަދުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށެވެ.

-          އަންދާސީ ހިސާބު ހުށަހެޅުމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ނޮވެމްބަރ 04 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީ މެއިލަށް ލިޔުމުން ފޮނުއްވުން އެދެމެވެ.          

-          އަންދާސީ ހިސާބު ހެށަހެޅުން އޮންނާނީ 2026 ނޮވެމްބަރ 10 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލް އޮފީހުގައެވެ.

އީމެއިލް: [email protected]

ފޯން:   6540543

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  16 ޖުމާދަލްއޫލާ 1448ހ.

                  27 އޮކްޓޯބަރ  2026މ.

27 އޮކްޓޫބަރު 2026