ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 164/1/2016/8
ޕަބްލިޝްކުރި ތާރީޚް: 29 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 19:34
ސުންގަޑި: 09 މާރިޗު 2016 14:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަގާމު:

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރުދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުއްދަތު އިތުރުކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ހަވީރު 2:00 އަށް (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު ފަހެއްޖަހަންދެން މަސައްކަތްކުރަންވާނެއެވެ.)

އުޖޫރަ:

މަހަކު -/5,700 ރުފިޔާ

 

ފެންވަރު/ޝަރުޠު:

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަގާމަށް ބޭނުންވާ ތަމްރީނެއް/ ލައިސެންސެއް/ ހުއްދައެއް / ހާސިލުކޮށްފައިވުން. ނުވަތަ؛
  3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

މައިގަނޑު މަސައްކަތްތައް:

1. އެން.ސީ.އައި.ޓީގެ އިމާރާތާއި އޮފީހުގެ ތަކެތި ބެލެހެއްޓުމާއި، އެތަކެއްޗަށް ލިބޭ ގެއްލުންތައް ބަލައި، އެން.ސީ.އައި.ޓީގެ ތަކެތި ބޭނުންކުރެވޭ ރަގަނޅު ހާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް، އަމިއްލައަށް ޙައްލުނުކުރެވޭނެ މައްސަލަތައް މެއިންޓެނެންސް ޔުނިޓާ ގުޅިގެން ޙައްލުކުރުން.

2. މެއިންޓެންސާ ގުޅިގެން މުވައްޒަފުންގެ ފަރާތުން ލިބޭ ޝަކުވާތައް ދުވަހުން ދުވަހަށް ޙައްލުކުރުމަށް މަސައްކަތްކުރުން. 

3. އޮފީހުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުމާއި، ސާފުކޮށް ބެލެހެއްޓުން.

4. އޮފީހަށް ގަންނަން ބޭނުންވާ ތަކެތި ގަތުމަށް އޮފީހުން ބޭރުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.

5. އޮފީހުން ބޭރުން ކުރަންޖެހޭ ރަސްމީ ކަންތައްތައް މުވައްޒަފުންނާ ގުޅިގެން ކުރުން.

6. ސިޓީފަދަ ތަކެތި ތަންތަނަށް ހަވާލުކުރަން ދިޔުން.

7. މަތީގައިވާ  މަސައްކަތުގެ އިތުރުންވެސް  މުވައްޒަފަކު  ޗުއްޓީގައި  ހުރުމުގެ  ސަބަބުން  ނުވަތަ  ވަގުތީގޮތުން މުވައްޒަފަކު  މަދުވުމުގެ ސަބަބުން އެ މުވައްޒަފަކަށް މަސައްކަތެއް ހަވާލުކޮށްފި ހާލަތެއްގައި އެ މަސައްކަތެއް ހަވާލުކުރުވި މުއްދަތެއްގައި ކުރުން.

 

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ.

ހުށަހަޅަންޖެހޭ ތާރީޚު:
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 9 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލް [email protected] އަށް ފޮނުވުން އެދެމެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) 

ފެކްސް ނަންބަރު: 4004 334 (960) 

އީމެއިލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީމެއިލްކުރާނެ އެޑްރެހަކީ، [email protected] އެވެ.   

‏20 ޖުމާދުލްޢޫލަ 1437

29 ފެބުރުވަރީ 2016