ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)896/MQS/2026/10
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 21:27
ސުންގަޑި: 05 ނޮވެންބަރު 2026 13:00
މުޙައްމަދު ޤާސިމް ޕްރީސްކޫލް
ދިވެހިރާއްޖެ
މުޙައްމަދު ޤާސިމް ޕްރީ ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދީ ވިއްކާދޭނެ ދެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައި، ވިއްކާދޭނެ ދެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 26 އޮކްޓޫބަރު 2026 އިން 2026 ނޮވެމްބަރު 05 ގެނިޔަލަށް، ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. "ބިޑް ރަޖިސްޓްރީ ފޯމް"ގެ ލިންކު: https://forms.gle/DNWKG5zHno7vbJeu9
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2026 ނޮވެމްބަރު 08 ވާ އާދީއްތަ ދުވަހުގެ 10:00 ގައި، މުޙައްމަދު ޤާސިމް ޕްރީސްކޫލް މީޓިންގ ރޫމްގައެވެ.
  6. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2026 ނޮވެމްބަރު 05 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީ-މެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  7.  މިޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުޙައްމަދު ޤާސިމް ޕްރީސްކޫލް 

ޗަނބޭލީމަގު، ހުޅުމާލެ ފޭސް 1، ދިވެހިރާއްޖެ.                                       

ފޯން: 3354903 / 3354904 

އީ-މެއިލް: [email protected] 

26 އޮކްޓޫބަރު 2026