ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS08/2016/16
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 19:18
ސުންގަޑި: 06 މާރިޗު 2016 14:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒަށް ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމް ނަންބަރު:

188-OD/22/2016/9

މަޤާމުގެ ރޭންކް:

އެސް. އެސް. 3

މަޤާމު އޮތް އޮފީސް:

ހއ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިދާރީ

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް:

ހއ. އަތޮޅު ތަޢުލީމީ މަރުކަޒު، ހއ. ދިއްދޫ

މުސާރައާއި އެލަވަންސް:

މުސާރަ: -/3875 ރުފިޔާ   ސަރވިސް އެލަވަންސް: -/1000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

މަޤާމުގެ ޝަރުޠު:

- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އޮފީހުގެ ތަކެތި ބެލެހެއްޓުމާއި، އެތަކެއްޗަށް ލިބޭ ގެއްލުންތައް ބަލައި، މަރާމާތުކުރުން.
  • އޮފީހުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުމާއި، ސާފުކޮށް ބެލެހެއްޓުން.
  • އޮފީހަށް ގަންނަން ބޭނުންވާ ތަކެތި ގަތުމަށް އޮފީހުން ބޭރުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
  • އޮފީހުން ބޭރުން ކުރަންޖެހޭ ރަސްމީ ކަންތައްތައް މުވައްޒަފުންނާ ގުޅިގެން ކުރުން.
  • ސްކޫލުގެ ފަރާތުން އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔެކިޔުމާއި އެހެނިހެން ތަކެތި، މަދަރުސާގެ އިދާރާއިން އަންގާގޮތެއްގެމަތިން އެފަރާތްތަކަށް ރައްދުކުރުން.
  • ސްކޫލުގެ ފަރާތުން އެކި ފަރާތްތަކަށް ރައްދުކުރުމަށް ހަވާލުކުރެވޭ ފައިސާ، ސްކޫލުގެ އިދާރާއިން އަންގާގޮތެއްގެމަތިން އެފަރާތްތަކާ ހަވާލުކުރުމާއި، ފައިސާ ހަވާލުކުރާ ފޮތުގައި ސޮއިކުރުވުމާއި، ބިލުގައި ސޮއިކުރުވައި، ފައިސާ ލިބުނުކަމުގެ ތައްގަނޑު ޖެހުން.
  • ސްކޫލުގެ ފަރާތުން ބޭނުންވާ ބެލެނިވެރިން ނުވަތަ އެނޫންވެސް ބޭފުޅުންނަށް ސްކޫލަށް ހާޒިރުވުމަށް އެންގުން.
  • ސްކޫލުގެ ފަރާތުން ރަށުތެރޭގައި ހިއްޕަންޖެހޭ ނުވަތަ ހަރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް (އިޢުލާން، ދެންނެވުން، އެންގުން ފަދަތަކެތި) ރަށުތެރޭގައި ހަރުކުރުން.
  • ސްކޫލުގެ ފަރާތުން ބާއްވާއެކިއެކި ޖަލްސާ ނުވަތަ ބައްދަލުވުންތަކަށް ފޮނުވާ ދަޢުވަތު ކާޑުފަދަ ތަކެތި އެފަރާތްތަކަށް ރައްދުކުރުން.
  • ސްކޫލުގެ ފަރާތުން ބާއްވާ އެކިއެކި ޖަލްސާ ނުވަތަ ބައްދަލުވުންތަކަށް ދަންނަވަންޖެހޭ ފަރާތްތަކަށް ދެންނެވުން.
  • ޖަލްސާތަކާއި ބައްދަލުވުންތައް އިންތިޒާމުކުރުމުގައި އިދާރާގެ ފަރާތުން އަންގާ ގޮތެއްގެ  މަތިން ޖަލްސާތަކާއި ބައްދަލުވުންތައް އިންތިޒާމުކުރުމުގައި މަސައްކަތު މުވައްޒަފުންނާ އެކުގައި އެ މަސައްކަތް ކުރެއްވުން.
  • މަތީގައިވާ މަސައްކަތުގެ އިތުރުންވެސް، މުވައްޒަފަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ނުވަތަ ވަގުތީގޮތުން މުވައްޒަފަކު މަދުވުމުގެ ސަބަބުން، އެ މުވައްޒަފަކަށް މަސައްކަތެއް ހަވާލުކޮށްފި ހާލަތެއްގައި އެ މަސައްކަތެއް ހަވާލުކުރުވި މުއްދަތެއްގައި ކުރުން.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚުލާޤު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް، އިންޓަވިޢު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން،  2016 މާރިޗު 6 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި، މި މަރުކަޒަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް  ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިންޓަވިއު:

- މި މަޤާމަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ، އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިޔު އޮންނާނީ، 7 މާރިޗު 2016 އާއި 24 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކަށެވެ.

ނޯޓު:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ

- މިކަމާ  ގުޅިގެން  ކުރިން  ކުރެވުނު IUL)GS08/2016/13)  ނަންބަރުގެ  އިޢުލާނުގައިވާ  މަޤާމަށް  ޝަރުޠު  ހަމަވާ  އެއްވެސް  ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ވަނީ ބާޠިލްކުރެވިފައެވެ.

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ:

ފޯން:   6500014

ފެކްސް: 6500560

މެއިލް އެޑްރެސް: [email protected]

16 ޖުމާދަލްއޫލާ 1437

25 ފެބުރުވަރީ 2016