ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)346/346/2026/52
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:57
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އެކުލަވައިލުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ބާއްވާ ފޯކަސް ގްރޫޕް ބައްދަލުވުންތައް ބޭއްވުމާއި ގުޅޭ

އިޢުލާން

ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އެކުލަވައިލުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ބާއްވާ ފޯކަސް ގްރޫޕް ބައްދަލުވުންތައް ބޭއްވުމާއި ގުޅޭ

       

                              ކުރިޔަށް އޮތް 05 އަހަރުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ އެންމެހާ މަސައްކަތައް ކައުންސިލުން މިދަނީ ކުރަމުންނެވެ. 2027 އިން 2031 އަށް އެކުލަވައިލާ ތަރައްޤީ ޕްލޭނާއި ފައިނޭންޝިއަލް  ޕްލޭން އެކުލަވާލުމަކީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މިކަމުގައި ލިބިގެން ނޫނީ ކުރެވޭނެ ކަމަކަށް ނުވާތީ މި މަސައްކަތް ފުރިހަމަ ގޮތުގައި ކުރިޔަށްގެންދިޔުމަށްޓަކައި ރަށުގެ އެކި ދާއިރާތަކާއި ބައްދަލުކޮށް މަޢުލޫމާތު އެއްކުރުމަށް ބޭނުންވެއެވެ.

                           އެގޮތުން ފޯކަސް ގްރޫޕްތަކާއިއެކު ބާއްވާ ބައްދަލުވުންތަކުގައި އެދާއިރާއެއްގެ މިހާރުގެ ހާލަތާއި، ލިބެންހުރި ފުރުޞަތުތަކާއި، ހުރި ގޮންޖެހުންތައް އަދި ދާއިރާއެއްގައި ކުރިމަގު ބައްޓަންކުރަން ބޭނުންވާގޮތުގެ މަޢުލޫމާތު އެއްކުރެވޭނެއެވެ. އެހެންކަމުން މި މަޢުލޫމާތުތައް ފޯރުކޮށްދެވޭނެ ފަދަގޮތަކަށް ހުރިހާ ދާއިރާތަކުން ތައްޔާރުވުމަކީ މުހިންމު ކަމެއްކަމުގައި ދަންނަވަމެވެ. ޕްލޭން އެކުލަވާލުމަށްޓަކައި ބާއްވާ ފޯކަސް ގްރޫޕް ބައްދަލުވުންތައް ބޭއްވޭނީ 27 އޮކްޓޯބަރ 2026 ވާ އަންގާރަ ވަނަ ދުވަހުން ފެށިގެން 05 ނޮވެމްބަރ 2026 ވާ ބުރާސްފަތި ވަނަ ދުވަހުގެ ނިޔަލަށެވެ.

ފޯކަސް ގްރޫޕް ބައްދަލުވުންތައް ބާއްވާ ދާއިރާތައް

  • އިސްރަށްވެހިން
  • ވިޔަފާރިވެރިން
  •  ޒުވާނުން
  •  ސިއްހީ ދާއިރާ
 
  • ފަތުރުވެރިކަމުގެ ދާއިރާ
 
  •  ތަޢުލީމީ ދާއިރާ
 
  • ޑިފެންސް އެންޑް ސެކިއުރިޓީ
 
  • ކަނބަލުން
 
  • ދަނޑުވެރިން
 
  • ޔުޓިލިޓީ ދާއިރާ
 
  • ކްލަބް ޖަމްޢިއްޔާތައް
 
  • މަސްވެރިން
 
  • އޮޑިވެރިން
 
  • ސިނާއީ މަސައްކަތްތެރިން

 

ވީމާ،  ކައުންސިލުން ބާއްވާ ފޯކަސް ގްރޫޕް ބައްދަލުވުންތަކަށް އެންމެހާ ދާއިރާތަކުން ތައްޔާރުވެ ތިއްބެވުމަށް ދަންނަވަމެވެ.

09 ޖުމާދުލްޢޫލާ 1448 ހ.

26 އޮކްޓޯބަރ 2026 މ.

26 އޮކްޓޫބަރު 2026