ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)278/278/2026/52
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 02 ނޮވެންބަރު 2026 14:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1448 ވަނަ އަހަރުގެ ރަމަޟާން މަހަށް ކަރާ ހެއްދުމަށް ދަނޑުދޫކުރުން

1448 ވަނަ އަހަރުގެ ރަމަޟާން މަހަށް ކަރާ އަދި ކިޔުކަންބާފަދަ ބާވަތްތައް ހެއްދުމަށް މިރަށުން ދަނޑު ނަންގަވަން ބޭނުންވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި އަހަރުވެސް ދަނޑު ދިނުމަށް ހަމަޖެހިފައިވަނީ "ރޯދައަށް ދަނޑުބިން ދޫކުރުމުގެ އުޞޫލު"ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިރަށުގެ މީހުން ދިރިއުޅޭ ގޭގެއަށެވެ. ދަނޑަށް އެދެވޭނީ އެ ގެއެއްގެ ވެރިފަރާތް ނުވަތަ އެ ގެއެއްގެ ރަޖިސްޓްރީގައި ހިމެނޭ ނުވަތަ އެ ގެއެއްގައި ދިރިއުޅޭ 18 އަހަރުން މަތީގެ ފަރާތަކަށެވެ.

އެއްފަރާތަކަށް 1 ދަނޑަށްވުރެ ގިނަ ދަނޑު ނުނެގޭނެއެވެ. ދެ ގެ ނުވަތަ ދެ ގެއަށްވުރެ ގިނަ ގޭގެ އެއްކޮށް ދަނޑު ހައްދާނަމަ، ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް އެއްކޮށް ދަނޑު ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. ދަނޑު ނެގުމަށް އެދި ހުށަހަޅާއިރު، އިދާރީ ފީގެ ގޮތުގައި ކޮންމެ ފޯމަކަށް -/150 ރުފިޔާ ދައްކަންޖެހޭނެއެވެ. އަދި ދަނޑު ލިބޭ ފަރާތްތަކުން "ރޯދައަށް ދަނޑުބިން ދޫކުރުމުގެ އުޞޫލު" ގެ ދަށުން ދަނޑު ބޭނުންކުރުމުގައި އުފުލަންޖެހޭ އެންމެހައި ޒިންމާތައް އުފުލަންވާނެއެވެ.    

އެހެންކަމުން މި އަހަރު ރޯދައަށް ދަނޑު ނެންގެވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ރޯދައަށް ދަނޑުބިން ނެގުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު 02 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުން ފޯމު ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު ފޯމު އާންމުކުރެވިފައިވާނެއެވެ. ފޯމު އީމެއިލްކުރައްވާނަމަ، ފޯމު މި އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. އިދާރީފީ ޓްރާންސްފަރ ކުރައްވާނަމަ ކުރައްވާނީ މި އިދާރާ 1317 ރެވެނިއު 1، ނަންބަރު 7724700366001 އެކައުންޓަށެވެ.  

ވީމާ، މިކަން ޢާންމުކޮށް އިޢުލާންކުރީމެވެ. 

26 އޮކްޓޫބަރު 2026