ދިވެހިރާއްޖެ
ކުރިޔަށް އޮތް 05 އަހަރަށް (2027 އިން 2031) އަށް އދ. މަންދޫގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލުމަށްޓަކައި ވަޑައިގަންނަވާ 02 ބޭފުޅުންނަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިބޭފުޅުން މަންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 04 ނޮވެންބަރު 2026 އިން 06 ނޮވެންބަރު 2026 ގެ ނިޔަލަށެވެ.
އެހެންކަމުން މިކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ކާންދޭނެ ތަނުގެ ނަމާއި އަދި މީހަކަށް ދުވާލަކަށް (04 ވޭލާއަށް - ހެނދުނު ސައި، މެންދުރު ކެއުން، ހަވީރު ސައި އަދި ރޭގަނޑު ކެއުން) ދޭނެ އަގު ބަޔާންކޮށް ސިޓީއަކުން ނުވަތަ ކޯޓޭޝަންއަކުން މިކައުންސިލަށް ނުވަތަ މިކައުންސިލުގެ އީމެއިލް އެޑްރެސް: [email protected] އަށް 01 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އަންގަވައިދެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
15 ޖުމާދަލްއޫލާ 1448
26 އޮކްޓޯބަރ 2026