ދިވެހިރާއްޖެ
ކޮޅުމަޑުލު އޮމަދޫ ބަނދަރު ސަރަޙައްދުން ބީލަން އުޞޫލުން ދިގު މުއްދަތައް ވިޔަފާރި ބިން ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)394/394/2026/79 ޢިޢުލާނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެ އިޢުލާނާއެކު ޢާންމުކުރެވިފައިވާ ޗާޓްގައިވާ މަޢުލޫމާތުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން އިޢުލާން ބާޠިލްކޮށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ވަނީހަމަޖެހިފައެވެ. ބިން ދޫކުރުމަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަގަކީ އަކަ ފޫޓަކަށް 0.80ރ (އަށްޑިހަ ލާރީ) އެވެ. ބީލަމުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
- 1. ގާޑިޔާ/މޭޒު ބެހެއްޓުމަށް ދޫކުރެވޭ ބިން:
- ބިން އޮތް ތަން: ކޮޅުމަޑުލު އޮމަދޫ ބަނދަރު ސަރަޙައްދު ޕްލޮޓް ނަމްބަރ: G1 (ހިތްފަސޭހަމަގުގެ އިރުން ބަނދަރުގެ އިރުމަތިފަޅި)، ޕްލޮޓް ނަމްބަރ: G2 (ބަނދަރު ހުނޅަގުން ޑޭޒީމަގު ކަންމަތި)
- ބިމުގެ ބޮޑުމިން: 200 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ޢަދަދު: 02
- ބިން ކުއްޔަށް ދޫކުރެވޭ މުއްދަތު: 02 އަހަރު
- ގާޑިޔާ ބިމާއި އިންވެގެން ބީޗް އަދި ހޭޅި ހިމެނޭހެން ސާފުކޮށް ބެލެހެއްޓުމަށްޓަކާ 3000 އަކަފޫޓް ސަރަހައްދެއް ބިން ނަގާފަރާތާއި ހަވާލުކުރެވޭނެއެވެ.
ވީމާ، ބިން ކުއްޔައް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 04 ނޮވެމްބަރ 2026 ވާ ބުދަ ދުވަހު 10:30 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވީ ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.
|
ބައްދަލުވުން |
ތާރީޙް |
ގަޑި |
|
ބީލަމާބެހޭ މަޢުލޫމާތު ދިނުން |
04 ނޮވެމްބަރ 2026 (ބުދަ) |
13:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
08 ނޮވެމްބަރ 2026 (އާތިއްދަ) |
10:30 |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރ 6780039 އަށް ގުޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯމާއި، ބީލަމުން ދޫކުރާ ބިމަށް އެދޭ ފޯމާއި، ބީލަމުން ދޫކުރާ ބިންތަކާއި ބެހޭ އުޞޫލާއި، ބީލަން ފޮތް އަދި ބިންދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޗާޓް މި އިޢުލާނާއިއެކު އެވަނީއެވެ.