ވަޒީފާގެ ފުރުޞަތު
ނަންބަރު: GS50/IUL/2016/08
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 16:42
ސުންގަޑި: 03 މާރިޗު 2016 12:00
ޝަމްސުއްދީން ސްކޫލް
ދިވެހިރާއްޖެ
ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

10 ފެބުރުވަރީ 2016 ގައި މި ސްކޫލުން ކޮށްފައިވާ އިޢުލާނަށް (ނަންބަރު: GS50/IUL/2016/03) އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އަލުން މިމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:                        ހެލްތުއޮފިސަރ

ބޭނުންވާ އަދަދު:                   1

ރޭންކް:                        އެމް. އެސް 1

ކްލެސިފިކޭޝަން:                  ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:                      -/5610 ރުފިޔާ

ސަރވިސް އެލަވަންސް:              -/2500 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                ޝަމްސުއްދީން ސްކޫލް

ގިންތި:                         ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:         އިދާރީ/ ޝަމްސުއްދީން ސްކޫލް

އެހެނިހެން އިނާޔަތް:                ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

- ސްކޫލް ހެލްތު ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން، ދަރިވަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ރާވައިގެން ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވައި ހިންގުން.

- ދަރިވަރުންނަށް ދެވޭ ޚިދުމަތުގައި އެހީތެރިކަމާއި ފަރުވާތެރިކަން ބެހެއްޓުން.

- ޞިއްޙީ ފަރުވާއަށް ބޭނުންކުރާ އެންމެހައި ތަކެތި ބެލެހެއްޓުން.

- ދަރިވަރުންނާ މުޢާމަލާތުކުރާއިރު އޯގާތެރިކަމާއެކު މުޢާމަލާތްކުރުން.

- ޞިއްޙީގޮތުން ފާހަގަކުރާ އެކިއެކި ދުވަސްތައް ފާހަގަކުރަން އެހީތެރިވުން.

- މީގެ އިތުރުން، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަރވިއުއިން.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

އިންޓަރވިއު ކުރުން

ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި ޝަމްސުއްދީން ސްކޫލުގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު

 (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޝަމްސުއްދީން ސްކޫލް އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 03 މާރިޗު 2016 ވަނަ ދުވަހުގެ 12:00 ގެ ކުރިންނެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޝަމްސުއްދީން ސްކޫލުގެ ނަންބަރު 6895733 ފޯނަށް ގުޅުއްވުން އެދެމެވެ.

23 ފެބުރުވަރީ 2016