ދިވެހިރާއްޖެ
އިޢުލާން
ވަގުތީ ގޮތުން ކަރާއިންދުމަށް ބިން ދޫކުރުމާގުޅޭ
މިރަށުގެ ދެކުނުކޮޅު ވަތަބަނޑޭރި މަގުގެ އިރުމަތި ފަރާތާއި ދެކުނު ފަރާތުން ކުރިއަށް އޮތް ރަމަޟޯނުމަހައް ޙާއްޞަކޮށް ކަރާ އިންދުމަށް 5000 އަކަފޫޓުގެ ވަގުތީ ދަނޑުތަކެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަނޑުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 6 މަސްދުވަހުގެ މުއްދަތައް ކައުންސިލާއި އެކު ވެވޭ އެއްބަސް ވުމެއްގެ ދަށުންނެވެ. ދަނޑުތަކަށް ކުރިމަތިލުމުގައި ޝަރުތު ފުރިހަމަކުރުމާއި ދަނޑު ދޫކުރުމުގައި ބަލާނީ އަންނަނިވި ކަންކަމަށެވެ.
- ކެލާ ކައުންސިލްގެ ދަނޑުވެރިންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތެއް ކަމުގައިވުން
- ކެލާގެ ރައްވެއްސެއް ކަމުގައިވުމާއިއެކު ކެލާގައި ދިރިއުޅޭ ފަރާތަކަށްވުން.
ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ދޫކުރެވޭނީ އެންމެ ބިމެކެވެ. އަދި ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދަށްވުރެ ބިން ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު ގިނަ ނަމަ ބިން ދޫކުރާނީ ގުރުއަތުލައިގެންނެވެ.
ވީމާ، ދަނޑުބިން ބޭނުންވާ ފަރާތްތަކުން ވަގުތީ ގޮތުން ކަރާއިންދުމަށް ދޫކުރެވޭ ބިން ހޯދުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް 02 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.