ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2026/72
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި:
02 ނޮވެންބަރު 2026 12:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖަމާޢަތްތެރިން ތަމްރީންކުރާ ކޯސް
ޖަނާޒާތަކުގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށްޓަކައި ޖަމާޢަތްތެރިން ތަމްރީން ކުރުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި، މިއިދާރާއާއި ވޭމަންޑޫ އ.ތ.މ ކޮމިޓީ އާއި ގުޅިގެން ޖަމާޢަތްތެރިން ތަމްރީންކުރާ ކޯހެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 02 ނޮވެންބަރު 2026 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ ނަންބަރު 6780083 ގުޅައިގެން ނުވަތަ ނަންބަރު 7408444 ވައިބަރ ކުރައްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
26 އޮކްޓޫބަރު 2026