ދިވެހިރާއްޖެ
މިކައުންސިލް އިން މިއަހަރު 'މަޑަވެލި ކައުންސިލް އަހަރީ ޤުރްއާން މުބާރާތް – 1448' ގެ ނަމުގައި 19 ނޮވެމްބަރ 2026 އިން 21 ނޮވެމްބަރ 2026އަށް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އިއުލާންކުރުމުން ބައިވެރިވެފައިވާ ފަރާތްތަކުގެ ލިސްޓް މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. މުބާރާތުގައި ދަރިވަރުން ކިޔަވާ ކެޓަގަރީ ކަނޑައަޅާނީ މިއިދާރާއިން އާންމު ކޮށްފައިވާގޮތަށް 01 އޮކްޓޯބަރ 2026ގެ ނިޔަލަށް އަހަރުފުރޭ ގޮތަށް ބަލައިގެންނެވެ.
ވީމާ، މުބާރާތުގައި ބައިވެރިވެފައިވާ ފަރާތެއްގެ މަޢުލޫމާތުގެ އެއްވެސް ކުށެއްވާނަމަ 01 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކައުންސިލްގެ އިދާރާގެ ހޮޓްލައިން ނަންބަރ 9356677 އަށް ވައިބަރ މެސެޖް ކުރައްވައިގެން ނުވަތަ ކައުންސިލްގެ މެއިލް [email protected] އަށް އީމެއިލް ކޮށްގެން ޝަކުވާ ހުށަހެޅުމަށް ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.