ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)14-E1/1/2026/122
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:30
ސުންގަޑި: 05 ނޮވެންބަރު 2026 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މުވައްޒަފުން ހޯދުން (ސީނިއަރ މޮޓޯ ވެހިކަލް މެކޭނިކް)

މިއޮފީހަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

ސީނިއަރ މޮޓޯ ވެހިކަލް މެކޭނިކް

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ރަނގަޅުނަމަ އެއްބަސްވުން އާ ކުރެވޭނެއެވެ.)

ޕަބްލިކް ސަރވިސް ރޭންކް:

4

ޖޮބް މެޓްރިކްސް:

މޮޓޯ ވެހިކަލް މެކޭނިކުން

އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހެޑް އޮފީސް، ޓްރާންސްޕޯޓް އެންޑް މެއިންޓަނަންސް

އަސާސީ މުސާރަ:

-/9،620 (ނުވަހާސް ހަސަތޭކަ ވިހި) ރުފިޔާ

މަޤާމުގެ އެލަވަންސް:

-/3،790 (ތިންހާސް ހަތްސަތޭކަ ނުވަދިހަ) ރުފިޔާ

ހާޒިރީ އިނާޔަތް:

-/105 (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ރަސްމީ ބަންދު ދުވަހު މަސައްކަތްކުރުމުން ބަންދު ފައިސާ

މަޤާމުގެ ޝަރުޠު

 

 

 

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4  ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ؛

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3  ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ދާއިރާގައި މަސައްކަތް ކުރުމުގެ ހުނަރު އެނގޭކަން ސާބިތުކޮށް ދިނުން.

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް:

އިލެކްޓްރިކަލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ، އޮޓޮމޯޓިވް އިންޖިނިއަރިން، ސިވިލް އިންޖިނިއަރިން، މެރީން އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ.

މެޝީނިންގ އެންޑް މެކޭނިކަލް ފިޓިންގްސް، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، މެރީން މެކޭނިކްސް، އެންޖިން ޕަވަރ ސިސްޓަމް އޮޕަރޭޝަންސް، އެންޖިން ރިޕެއަރ އެންޑް މެއިންޓަންސް، އޮޓޮމޯޓިވް މެއިންޓަނަންސް، އޮޓޮމޯޓިވް ރިޕެއަރ އެންޑް މެއިންޓަނަންސް، ހެވީ މެޝިން އޮޕަރޭޝަންސް، އޮޓޮމޯޓިވް ޓެކްނޯލޮޖީ.

އިލެކްޓްރީޝަން، އިލެކްޓްރިކަލް އިންސްޓޮލޭޝަން،އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް، އިލެކްޓްރޯޓެކްނިކަލް ޓެކްނޯލޮޖީ، އިލެކްޓްރޯނިކްސް ޓެކްނޯލޮޖީ، އިލެކްްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަން ޓެކްނީޝަން.

ވެލްޑިންގ އެންޑް މެޝިނިންގ، ވެލްޑިންގ އެންޑް ޝީޓް މެޓަލް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްސް، ރިނިއުބަލް އެނަރޖީ ސިސްޓަމްސް އެންޑް މެއިންޓަނަންސް، ފައިބަރގްލާސް ބޯޓް ބިލްޑިންގ، ވުޑަން އެންޑް ފައިބަރގްލާސް ބޯޓް ބިލްޑިންގ، އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަން ޓެކްނީޝަން.

 

މަޤާމުގެ މަސްއޫލިއްޔަތުތައް

މި މަގާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.customs.gov.mv  ގައި އިޢުލާނާއެކު ޝާއިއު ކުރެވިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

 

 

 

  • މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)، ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ނޯޓް: މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ނުވަތަ ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހައިފައިވާ ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީއާއި، ރާއްޖޭގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ، އަދި އެހެނިހެން ތަޢުލީމީ ސެޓްފިކެޓްތައް އަސްލާ އެއްގޮތްކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައިފައިވާ އަސްލު ހުށަހަޅަންޖެހޭނީ މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކުންނެވެ.)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ).
  • ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ
  • ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތްކުރަންޖެހިފައިވާނަމަ، އެ އިދާރާއަކުން މި ސަރވިސްގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ރަސްމީ ލިޔުމެއް.
  • ވަޒީފާ އަދާ ކުރަމުންދާ ފަރާތެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން.
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
  • މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  • ވަޒީފާއާ ގުޅޭ އެހެނިހެން ލިޔުންތައް.

ސުންގަޑި

މަޤާމަށް އެދި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅުއްވާނީ 05 ނޮވެންބަރު 2026 (ބުރާސްފަތި) ދުވަހު މެންދުރު 14:00ގެ ކުރިން މި ސަރވިސްގެ އީމެއިލް: [email protected] މެދުވެރި ކޮށެވެ.

ނޯޓް : ސުންގަޑި ހަމަ ވުމަށް ފަހު ހުށަހެޅޭ ތައުލީމީ ސެޓިފިކެޓްތައް ބަލައި ނުގަނެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހެޅުން

  • ވަޒީފާއަށް އެދޭ ފަރާތްތަކުން މޯލްޑިވްސް ކަސްޓަމްސްގެ ވެބްސައިޓް މެދުވެރިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށް އެދޭ އޮންލައިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތައް އެޓޭޗްކުރަންވާނެއެވެ.
  • ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބިފައި ނުވާ ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ ބަލައިގަނެވޭނެއެވެ.

 

އެހެނިހެން ކަންކަން

  • މި މަގާމަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން 18 އަހަރާއި 50 އަހަރާދެމެދު މީހުންނަށެވެ.  އެގޮތުން އުމުރުފުރާ ބަލާނީ 05 ނޮވެންބަރު 2026ވަނަ ދުވަހުގެ ނިޔަލަށެވެ.
  • ވަޒީފާއަށް އެދޭ ފަރާތަކާ މުޢާމަލާތް ކުރަންޖެހޭ ޙާލަތްތަކުގައި މިއިދާރާއިން ބޭނުންކުރާނީ އެޕްލިކޭޝަން ފޯމުގައިވާ މޮބައިލް ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެހެވެ.
  • މި މަޤާމުތަކަށް ޝަރުތު ހަމަ ނުވާ ފަރާތްތަކުގެ އެޕްލިކޭޝަންއާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަދި ކިޔަން އެނގޭވަރަށް ސާފުކޮށް ނުހުންނަ ލިޔެކިޔުންތައް ހިމެނޭ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • މި މަޤާމުތަކަށް މީހުން ހޮވާނީ، "ކަސްޓަމްސްގެ އެހެނިހެން މަގާމުތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަގާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގައިވާ ގޮތުގެ މަތިންނެވެ. މި މިންގަނޑު މި ސަރވިސްގެ ވެބްސައިޓުން (https://www.customs.gov.mv/Media/Documents/careers) ފެންނަން ހުންނާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3003499 ނުވަތަ 1455 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

26 އޮކްޓޫބަރު 2026