ދިވެހިރާއްޖެ
މިއޮފީހަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.
|
މަޤާމުގެ ނަން: |
ސޮފްޓްވެއަރ އިންޖިނިއަރ |
|
ބޭނުންވާ އަދަދު: |
02 |
|
މަޤާމުގެ ގިންތި: |
02 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ރަނގަޅުނަމަ އެއްބަސްވުން އާ ކުރެވޭނެއެވެ.) |
|
ޕަބްލިކް ސަރވިސް ރޭންކް: |
8 |
|
ޖޮބް މެޓްރިކްސް: |
ސޮފްޓްވެއަރ އެންޑް އެޕްލިކޭޝަން ޑިވެލޮޕަރުން |
|
އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: |
މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހެޑް އޮފީސް، އިންފޮމޭޝަން ސިސްޓަމް އެންޑް ކޮމިއުނިކޭޝަން |
|
އަސާސީ މުސާރަ: |
-/17،980 (ސަތާރަހާސް ނުވަސަތޭކަ އަށްޑިހަ) ރުފިޔާ |
|
މަޤާމުގެ އެލަވަންސް: |
-/8،390 (އަށްހާސް ތިންސަތޭކަ ނުވަދިހަ) ރުފިޔާ |
|
ހާޒިރީ އިނާޔަތް: |
-/225 (ހާޒިރުވާ ކޮންމެ ދުވަހަކަށް) |
|
އެހެނިހެން އެލަވަންސް |
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ރަސްމީ ބަންދު ދުވަހު މަސައްކަތްކުރުމުން ބަންދު ފައިސާ |
|
މަޤާމުގެ ޝަރުޠު
|
މަގާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛ މަގާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|
މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް: |
ސޮފެޓްވެއަރ އިންޖިނިއަރިންގ، އިންފޮމޭޝަން ސެކިއުރިޓީ އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، ކޮމްޕިއުޓަރ އިންޖިނިއަރިންގ ޓެކްނޯލޮޖީ، އިންފޮމޭޝަން ޓެކްނޯލޮޖީ، ޑިޖިޓަލް މީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން، މަލްޓިމީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން، މަލްޓިމީޑިއާ މެނޭޖްމަންޓް އެންޑް ވެބްމާސްޓަރ.
ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސެކިއުރިޓީ، ކޮމްޕިއުޓަރ އެންޑް އިންޕޮމޭޝަން ސެކިއުރިޓީ އޮޑިޓިންގ، ސައިބަރ ސެކިއުރިޓީ، ސައިބަރ ސެކިއުރިޓީ އެންޑް ތްރެޓް އިންޓެލިޖެންސް، ސައިބަރ އިންޓެލިޖަންސް އެންޑް ސެކިއުރިޓީ، ސައިބަރ ސެކިއުރިޓީ އެންޑް ފޮރެންސިކްސް، ސައިބަރ ސެކިއުރިޓ އެންޑް ޑޭޓާ ގަވަރނަންސް، އެޕްލައިޑް ޑޭޓާ ސައިންސް އެންޑް ސައިބަރ ސެކިއުރިޓީ، ޑިޖިޓަލް ފޮރެންސިކްސް. އާޓިފިޝަލް އިންޓެލިޖެންސް، އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސް، އާޓިފިޝަލް އިންޓެލިޖެންސް އެންޑް ރޮބޮޓިކްސް، އޭ.އައި އެންޑް މެޝިން ލަރނިންގ، ކްރިއޭޓިވް ޓެކްނޯލޮޖީސް އެންޑް އަރޓިފިޝަލް އިންޓެލިޖެންސް، އަރޓިފިޝަލް އިންޓެލިޖެންސް އެންޑް ސަސްޓެއިނަބަލް ޓެކްނޮލޮޖީސް.
|
|
މަގާމުގެ މަސްއޫލިއްޔަތުތައް |
މި މަގާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.customs.gov.mv ގައި އިޢުލާނާއެކު ޝާއިއު ކުރެވިފައިވާނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
|
|
ސުންގަޑި |
މަޤާމަށް އެދި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅުއްވާނީ 05 ނޮވެންބަރު 2026 (ބުރާސްފަތި) ދުވަހު މެންދުރު 14:00ގެ ކުރިން މި ސަރވިސްގެ އީމެއިލް: [email protected] މެދުވެރި ކޮށެވެ. ނޯޓް : ސުންގަޑި ހަމަ ވުމަށް ފަހު ހުށަހެޅޭ ތައުލީމީ ސެޓިފިކެޓްތައް ބަލައި ނުގަނެވޭނެއެވެ. |
|
ވަޒީފާއަށް އެދި ހުށަހެޅުން |
|
|
އެހެނިހެން ކަންކަން |
|
|
-3- |
މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3003499 ނުވަތަ 1455 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.