ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)14-E1/1/2026/119
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 05 ނޮވެންބަރު 2026 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މުވައްޒަފުން ހޯދުން (ސީނިއަރ ސޮފްޓްވެއަރ އިންޖިނިއަރ)

ިއޮފީހަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

ސީނިއަރ ސޮފްޓްވެއަރ އިންޖިނިއަރ

ބޭނުންވާ އަދަދު:

02

މަޤާމުގެ ގިންތި:

02 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ރަނގަޅުނަމަ އެއްބަސްވުން އާ ކުރެވޭނެއެވެ.)

ޕަބްލިކް ސަރވިސް ރޭންކް:

09

ޖޮބް މެޓްރިކްސް:

ސޮފްޓްވެއަރ އެންޑް އެޕްލިކޭޝަން ޑިވެލޮޕަރުން

އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހެޑް އޮފީސް، އިންފޮމޭޝަން ސިސްޓަމް އެންޑް ކޮމިއުނިކޭޝަން

އަސާސީ މުސާރަ:

-/18،925 (އަށާރަހާސް ނުވަސަތޭކަ ފަންސަވީސް) ރުފިޔާ

މަޤާމުގެ އެލަވަންސް:

-/10،835 (ދިހަހާސް އަށްސަތޭކަ ތިރީސް ފަސް) ރުފިޔާ

ހާޒިރީ އިނާޔަތް:

-/295 (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ރަސްމީ ބަންދު ދުވަހު މަސައްކަތްކުރުމުން ބަންދު ފައިސާ

މަޤާމުގެ ޝަރުޠު

 

 

 

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10  ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ؛

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9  ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް:

ސޮފެޓްވެއަރ އިންޖިނިއަރިންގ، އިންފޮމޭޝަން ސެކިއުރިޓީ އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، ކޮމްޕިއުޓަރ އިންޖިނިއަރިންގ ޓެކްނޯލޮޖީ، އިންފޮމޭޝަން ޓެކްނޯލޮޖީ، ޑިޖިޓަލް މީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން، މަލްޓިމީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން، މަލްޓިމީޑިއާ މެނޭޖްމަންޓް އެންޑް ވެބްމާސްޓަރ.

 

ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސެކިއުރިޓީ، ކޮމްޕިއުޓަރ އެންޑް އިންޕޮމޭޝަން ސެކިއުރިޓީ އޮޑިޓިންގ، ސައިބަރ ސެކިއުރިޓީ، ސައިބަރ ސެކިއުރިޓީ އެންޑް ތްރެޓް އިންޓެލިޖެންސް، ސައިބަރ އިންޓެލިޖަންސް އެންޑް ސެކިއުރިޓީ، ސައިބަރ ސެކިއުރިޓީ އެންޑް ފޮރެންސިކްސް، ސައިބަރ ސެކިއުރިޓ އެންޑް ޑޭޓާ ގަވަރނަންސް، އެޕްލައިޑް ޑޭޓާ ސައިންސް އެންޑް ސައިބަރ ސެކިއުރިޓީ، ޑިޖިޓަލް ފޮރެންސިކްސް.  

އާޓިފިޝަލް އިންޓެލިޖެންސް، އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސް، އާޓިފިޝަލް އިންޓެލިޖެންސް އެންޑް ރޮބޮޓިކްސް، އޭ.އައި އެންޑް މެޝިިން ލަރނިންގ، ކްރިއޭޓިވް ޓެކްނޯލޮޖީސް އެންޑް އާޓިފިޝަލް އިންޓެލިޖެންސް، އަރޓިފިޝަލް އިންޓެލިޖެންސް އެންޑް ސަސްޓެއިނަބަލް ޓެކްނޮލޮޖީސް.

 

މަގާމުގެ މަސްއޫލިއްޔަތުތައް

މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.customs.gov.mv  ގައި އިޢުލާނާއެކު ޝާއިއު ކުރެވިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

 

 

 

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)، ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ނޯޓް: މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ނުވަތަ ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހައިފައިވާ ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީއާއި، ރާއްޖޭގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ، އަދި އެހެނިހެން ތަޢުލީމީ ސެޓްފިކެޓްތައް އަސްލާ އެއްގޮތްކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައިފައިވާ އަސްލު ހުށަހަޅަންޖެހޭނީ މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކުންނެވެ.)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ).
  • ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ
  • ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތްކުރަންޖެހިފައިވާނަމަ، އެ އިދާރާއަކުން މި ސަރވިސްގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ރަސްމީ ލިޔުމެއް.
  • ވަޒީފާ އަދާ ކުރަމުންދާ ފަރާތެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން.
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
  • މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  • ވަޒީފާއާ ގުޅޭ އެހެނިހެން ލިޔުންތައް.

ސުންގަޑި

މަޤާމަށް އެދި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅުއްވާނީ 05 ނޮވެންބަރު 2026 (ބުރާސްފަތި) ދުވަހު މެންދުރު 14:00ގެ ކުރިން މި ސަރވިސްގެ އީމެއިލް: [email protected] މެދުވެރި ކޮށެވެ.

ނޯޓް: ސުންގަޑި ހަމަ ވުމަށްފަހު ހުށަހެޅޭ ތައުލީމީ ސެޓިފިކެޓްތައް ބަލައި ނުގަނެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހެޅުން

  • ވަޒީފާއަށް އެދޭ ފަރާތްތަކުން މޯލްޑިވްސް ކަސްޓަމްސްގެ ވެބްސައިޓްގައިވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތައް މި ފޯމާއެކު އެޓޭޗްކުރަންވާނެއެވެ.
  • ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބިފައި ނުވާ ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ ބަލައިގަނެވޭނެއެވެ.

 

އެހެނިހެން ކަންކަން

  • މި މަޤާމަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން 18 އަހަރާއި 50 އަހަރާދެމެދު މީހުންނަށެވެ.  އެގޮތުން އުމުރުފުރާ ބަލާނީ 05 ނޮވެންބަރު 2026 ވަނަ ދުވަހުގެ ނިޔަލަށެވެ.
  • ވަޒީފާއަށް އެދޭ ފަރާތަކާ މުޢާމަލާތް ކުރަންޖެހޭ ޙާލަތްތަކުގައި މިއިދާރާއިން ބޭނުންކުރާނީ އެޕްލިކޭޝަން ފޯމުގައިވާ މޮބައިލް ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެހެވެ.
  • މި މަޤާމުތަކަށް ޝަރުތު ހަމަ ނުވާ ފަރާތްތަކުގެ އެޕްލިކޭޝަންއާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަދި ކިޔަން އެނގޭވަރަށް ސާފުކޮށް ނުހުންނަ ލިޔެކިޔުންތައް ހިމެނޭ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • މި މަޤާމުތަކަށް މީހުން ހޮވާނީ، "ކަސްޓަމްސްގެ އެހެނިހެން މަގާމުތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަގާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގައިވާ ގޮތުގެ މަތިންނެވެ. މި މިންގަނޑު މި ސަރވިސްގެ ވެބްސައިޓުން (https://www.customs.gov.mv/Media/Documents/careers) ފެންނަން ހުންނާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3003499 ނުވަތަ 1455 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

26 އޮކްޓޫބަރު 2026