މަސައްކަތް
ނަންބަރު: (IUL)254/254/2026/76
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 02 ނޮވެންބަރު 2026 10:15
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅި އަރިމަތީގައިވާ ވެލިގަނޑުގައި ހެދިފައިވާ ގަސްތައް ނަގާ ސާފުކުރުމާއި ގުޅޭ

                     ކުޅީގެ މޫނުމަތީ ސަރަހައްދުގެ އުތުރުފަރާތަށް އަރާފައިވާ ވެލިގަނޑުގައި ހެދިފައިވާ ބައެއް ކުރެދި ގަސްތަކާއި، ބައެއް މަގޫ ގަސްތަށް ނަގާ ސާފުކުރުމަށް ބޭނުންވެއެވެ.  ކުޅީގެ އަރިމަތިން އެ ވެލިގަނޑު  ރީތިކޮށް ސާފުކޮށް ބޭއްވުމަށް ބޭނުންވާތީ މި މަސައްކަތް ކޮށްދޭނެފަރާތެއް ފަރާތެއް ބޭނުންވެއެވެ.

                     ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2 ނޮވެމްބަރ 2026 ވާ ދުވަހުގެ 10:15 އަށް މި ކައުންސިލަށް ހާޒިރުވެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށައެޅުއްވުން އެދެމެވެ. ބީލަން ފޯމް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ، އިޢުތިރާޒެއްނެތް ކަމުގެ ލިޔުން ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                             ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

26 އޮކްޓޫބަރު 2026