ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން 2026 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ބާއްވާ ޙަފްލާގައި ދެވޭ، ތިރީގައި ދަންނަވާފައިވާ އެވޯޑްތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ.
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާ ކެޔޮޅު (35 އަހަރުން މަތި)
- އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާ އެވޯޑު.
- މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު.
ވީމާ، މި އެވޯޑަށް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެވޯޑުތަކަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، 29 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. މިކަމާ ގުޅޭ ފޯމުތައް މިނިސްޓްރީގެ ވެބްސައިޓް، www.fishagriocean.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެ ކަމުގައި ދަންނަވަމެވެ. އަދި މިކަމާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިނިސްޓްރީގެ ފޯނު ނަންބަރު 3339223 ނުވަތަ 3339243 އާ ގުޅުއްވުން އެދެމެވ