ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)347-ES/347/2026/52
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 08:11
ސުންގަޑި:
15 ނޮވެންބަރު 2026 13:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަމިއްލަ ފަރާތްތަކުން ރަށުގެ އެކި ސަރަޙައްދުތަކުގައި ހަދާފައިވާ ތަންތަނާއި ބަހައްޓާފައިވާ ތަކެތީގެ ވެރިން ހޯދުން.
ރަށުގެ ދެފަރާތު ހޭޅި ތެރޭގައާއި ވަލުތެރޭގައާއި އަދި އިޖުތިމާޢީ ބައެއް ސަރަޙައްދުތަކުގައި، އަމިއްލަ ފަރާތްތަކުން މި އިދާރައިގެ ހުއްދައެއްނެތި، މުދަލާއި ދަރު ރައްކަކުރާ ގުދަން ފަދަ ތަންތަންވަނީ ހަދާފައެވެ. އަދި ބައެއް ދިމަދިމާލުގައި ދަރާއި ލަކުޑި އަދި ފަންފަދަ ތަކެތި ބަހައްޓާފައިވެއެވެ.
ވީމާ، ރަށުގެ އެކިތަންތަނުގައި އެކިއެކި ފަރާތްތަކުން ހަދާފައިވާ އަދި ބަހައްޓާފައިވާ މަތީގައި ބަޔާންކޮށްފައިވާފަދަ ތަންތަނާއި ތަކެތީގެ ފުރިހަމަ މަޢުލޫމާތު، އެތަންތަން ހަދާފައިވާ ފަރާތްތަކުންނާއި ތަކެތި ބަހައްޓާފައިވާ ފަރާތްތަކުން، 2026 ނޮވެމްބަރު 15 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ލިޔުމުން އެންގެވުން އެދެމެވެ.
25 އޮކްޓޫބަރު 2026