ޢާންމު މަޢުލޫމާތު
ނަންބަރު: 631-A/2026/24
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 22:12
ސުންގަޑި: 09 ނޮވެންބަރު 2026 10:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފ.ބިލެތްދޫ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތުގެ ފުރާޅުގެ ޓިނު ބަދަލުކުރުމާއި ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތް

    މިކޯޓުން ދޭ މަޢުލޫމާތާ އެއްގޮތައް، ކޯޓުއިމާރާތުގެ ފުރާޅުގައި ޖަހާފައިވާ ޓިނާއި ކޯޓު އިމާރާތުގެ ދިޔަދޮވިތައް ނައްޓާ، ފުރާޅުގައި ޓިނުޖަހާ ދިޔަދޮވި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2026 އޮކްޓޫބަރު 29 ވަނަ ދުވަހުގެ 10:00 އަށް މަޢުލޫމާތު ސާފުކުރުމުގެ(ޕްރީ-ބިޑް މީޓިންގ) ސެޝަންއަށް  ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2026 ނޮވެމްބަރު 09 ވަނަ ދުވަހުގެ 10:00 އަށް މިކޯޓަށް ދުރުވެ ބީލަން ހުށަހެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރު ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެކަމުގައި ދަންނަވަމެވެ.

     މި މަސައްކަތަށް ބީލަން ހުށަހަޅާނީ މިއިޢުލާނާ އެކުގައިވާ ބީލަން ހުށަހަޅާ ފޯމުން ނުވަތަ އަމިއްލަ ފޯމެޓެއްގައި ހުށަހަޅާނަމަ، އިޢުލާނާ އެކުގައިވާ ބީލަންފޯމުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަވާ ގޮތަށެވެ. މަޢުލޫމާތު ފުރިހަމަ ނުވާ ބީލަންތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުން ހަމަނުވާ ބީލަންތަކަށް އިވެލުއޭޝަން މަރުޙަލާގައި އެއްވެސް މާކްސްއެއް ނުދެވޭނެއެވެ. މި މަސައްކަތް ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ނުވަތަ ޤާނޫނު ނަންބަރު 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ، އެފަރާތްތަކުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ މަޤްޞަދުގެ ތެރޭގައި، މި މަސައްކަތާ ގުޅޭ ދާއިރާގެ ޙަރަކާތެއް ހިމެނިފައިވާ ފަރާތްތަކަށެވެ.

    ބީލަން ހުށަހަޅަންވާނީ ހުށަހަޅާފަރާތުގެ ނަންޖަހާފައިވާ ބަންދުކުރި ސިޓީ އުރައެއްގައެވެ. އަދި ބީލަން ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާނަމަ، އެކަން އަންގައިދޭ ސިޓީއަކާއި ޙާޟިރުވާ ފަރާތުގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

25 އޮކްޓޫބަރު 2026