މަސައްކަތް
ނަންބަރު: (IUL)AEH/AEH/2026/113
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 15:27
ސުންގަޑި: 02 ނޮވެންބަރު 2026 09:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
OSH Conference 2026 ގެ އެކޮމޮޑޭޝަން، ދަތުރުފަތުރާއި ކެއިންބުއިން، ކޮންފަރެންސް ކޭޓަރިންގ އަދި ކޮންފަރެންސްގެ ލައިޓިންގ އާއި ސައުންޑް ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްޙަތާއިބެހޭ ކޮންފަރެންސް" (OSH Conference 2026) ގައި ބައިވެރިވެވަޑައިގަންނަވާ އިންޓަރނޭޝަނަލް ސްޕީކަރުންގެ އެކޮމޮޑޭޝަން، ދަތުރުފަތުރާއި ކެއިންބުއިން، ކޮންފަރެންސް ކޭޓަރިންގ އަދި ކޮންފަރެންސްގެ ލައިޓިންގ އާއި ސައުންޑް ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)AEH/AEH/2026/111 އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ‏ 25‏ އޮކްޓޯބަރ‏ 2026‏ ، އާދީއްތަ އިން ފެށިގެން ‏ 29‏ އޮކްޓޯބަރ‏ 2026‏ ، ބުރާސްފަތި ވާ ދުވަހުގެ 13:00އަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި ގުޅޭ ލިޔެކިޔުންތައް ޢިއުލާނާއެކު ޖެޒެޓް ކުރެވިފައި ވާނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން‏ 29‏ އޮކްޓޯބަރ‏ 2026‏ ، ބުރާސްފަތި ވާ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ‏ 02 ނޮވެމްބަރު‏ 2026‏ ވާ، ހޯމަ ދުވަހުގެ 09:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

                             

ރެޖިސްޓްރޭޝަން ލިންކް: (IUL)AEH/AEH/2026/113 - Arrangements for OSH Conference – Fill out form

25 އޮކްޓޫބަރު 2026