ދިވެހިރާއްޖެ
ހދ. ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންފިނިޓީ ފާސްޓް ފައިވް ނެޓްބޯޅަ ޓޯރނަމެންޓް 2026" ގައި "ކުމުންދޫ ސްޕޯޓްސް ކުލަބް" ގެ ނަމުގައި ކުމުންދޫ ތަމްސީލްކުރުމަށްޓަކައި ޓީމެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މަގުސަދަކީ ނެޓްބޯޅަ ކުރިއަރުވައި. ނެޓްބޯޅަ ކުޅެން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހޯދާދިނުމެވެ. މި މުބާރާތް އަމާޒުކޮށްފައިވަނީ 18 އަހަރުންމަތީގެ އަންހެން ކަނބަލުންނަށެވެ.
މި މުބާރާތުގައި ޓީމް އެކުލަވާލެވޭނީ ބައިވެރިވާން ނަންނޯޓް ކުރާ ފަރާތްތަކުގެ ތެރެއިން ޕްރެކްޓިސްތަކަށްފަހު، ހޮވާލެވޭ ކުޅުންތެރިންނެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 އޮކްޓޯބަރ 29 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައި މިވާ ލިންކް މެދުވެރިކޮށް ނަން ނޯޓް ކުރެއްވުން އެދެމެވެ. މި އިޢުލާނާއެކު މުބާރާތުގެ ޤަވައިދު އެއްކަދާސްކުރީމެވެ.
https://forms.cloud.microsoft/r/dJJg8CTGx9?origin=lprLink
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.