ދިވެހިރާއްޖެ
ނަންބަރު:258/258/2026/82(IUL)
އިޢުލާން
ދިވެހި ބޭސްވެރިކަމާއި ގުޅޭ ވޯރކްޝޮޕްގައި ބައިވެރިވާނެ ފުރުސަތު ހުޅުވާލުން.
ހަނިމާދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީއާއި، ސެންޓަރ ފޯ ޓްރެޑިޝަނަލް މެޑިސިންއާއި ގުޅިގެން 2026 ނޮވެމްބަރ 07 ވާ ހޮނިހިރު ދުވަހު، ދިވެހި ބޭސްވެރިކަމާ ބެހޭ ވޯރކްޝޮޕްއެއް ހަނިމާދޫގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
- ވަގުތު: ހެނދުނު ސެޝަން 08:00 އިން 12:00 އަށް / މެންދުރު ސެޝަން 14:00 އިން 18:00އަށް
ވީމާ މި ވޯރކްޝޮޕްގައި ބައިވެރިވާން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ލިންކް: https://forms.cloud.microsoft/r/30Gp4y8FMC
|
ތަފްސީލް |
ތާރީޚް |
|
ފޯމް ހުށަހެޅުން |
25 އޮކްޓޯބަރ 2026 އިން 01 ނޮވެމްބަރ 2026 ގެ 13:00ގެ ނިޔަލަށް |
އިތުރު މަޢުލޫމާތު ހޯދުމަށް: 7939899 (ސެންޓަރ ފޯ ޓްރެޑިޝަނަލް މެޑިސިން)
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
14 ޖުމާދުލްޢައުލާ 1448
25 އޮކްޓޯބަރ 2026