ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2026/78
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 09 ނޮވެންބަރު 2026 13:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވިންގ ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ޑްރައިވިންގ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ފެށުމަށްޓަކައި މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ޑްރައިވިންގ ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މައުލޫމާތު ސާފުކުރުން: 02 ނޮވެމްބަރ 2026 ވަނަ ދުވަހު 13:00 ގައި

އަންދާސީ ހިސާބު ހުށަހެޅުން: 09 ނޮވެމްބަރ 2026 ވަނަ ދުވަހު 13:00 ގައި

 

މައުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ  ކަނޑުހުޅުދޫ ކައުންސިލް އިދާރާގައެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯދުމަށް:

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 7916100،6820020 އަށް ގުޅުއްވުން އެދެމެވެ.

25 އޮކްޓޫބަރު 2026