ވަޒީފާގެ ފުރުޞަތު
ނަންބަރު: GS09/2016/09
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 06 މާރިޗު 2016 14:00
ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:

 1 (އެކެއް)

މުސާރަ:

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

އޮފީސް:

ށ. އަތޮޅު ތަޢުލީމީ މަރުކަޒު / ށ. ކޮމަންޑޫ

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ޝަރުޠު:

 މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

ޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

* ސްކޫލުގެ ކޮމްޕިއުޓަރ، ޓީވީ، މަލްޓިމީޑިޔާ، ސަރވަރ، ނެޓްވޯކް ޓްރަބަލްޝޫޓިންގގައި ދިމާވާ މައްސަލަތައް ޗެކްކޮށް، މަރާމާތުކޮށް، ކޮމްޕިއުޓަރަށް ދިމާވާ ހުރިހާ މައްސަލަތައް ބެލެހެއްޓުމާއި، ސަރވަރގެ ސެކިއުރިޓީ ބެލެހެއްޓުން.

* ސްކޫލުގެ ނެޓްވާރކް ބެލެހެއްޓުމާއި، ނެޓްވަރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް، ނެޓްވަރކްގެ ސެކިއުރިޓީ ބެލެހެއްޓުން. 

* ސްކޫލުގެ ހުރިހާ ސިސްޓަމްތައް ރަނގަޅަށް ބަލައި ޗެކްކުރުމާއި، ވައިރަސް ސްކޭންކޮށް އަޕްޑޭޓްކުރުން.

* އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ހޯދޭ IT ހާރޑްވެއަރ/ އިކްއިޕްމަންޓްސް މެނޭޖްކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައްކޮށް، މޮނިޓަރކޮށް ބެލެހެއްޓުން.

* ކްލާސްތަކުގައި ހުރި ކޮމްޕިއުޓަރާއި ޓީވީއަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.

 * އައިޓީއާ ގުޅޭގޮތުން ސްކޫލުގައިހުރި އެންމެހައި ވަސީލަތްތައް ބެލެހެއްޓުން.

* ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓްކުރެވިފައިވާ ކޮޕީގެ އަސްލު)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓްކުރެވިފައިވާ ކޮޕީގެ އަސްލު)

- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހެއްގެ ތައްގަނޑު ޖަހާފައިވާ އަސްލު)

- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި އުޅޭނަމަ، އެ ވަޒީފާއިން މި ސްކޫލުގެ ވަޒީފާއަށް ބަދަލުވުމާމެދު، އެ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ތަޢުލީމާއި ތަމްރީނު ލިބިފައިވާ ފަރާތަކަށްވުން.
  • ކޮމްޕިޔުޓަރަށް އަހުލުވެރި މިންވަރު.
  • މި ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.
  • ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:

އިތުރުގަޑީގެ މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، މަތީގައި ބަޔާންކުރެވިފައިވާ ތަކެތި ފުރިހަމަކުރުމަށްފަހު، 2016 މާރިޗު 6 ވަނަ  ދުވަހުގެ މެންދުރުފަހު 2:00  ގެ ކުރިން، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންކަން:

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ. ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިންޓަވިއު ކުރުން ބޭއްވޭނެ މުއްދަތު:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2016 މާރިޗު 9 ވަނަ ދުވަހު ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް، ރަސްމީ ގަޑީގައި، މި ސްކޫލުގެެ 6540062 ނަންބަރު ފޯނާ ގުޅުން އެދެމެވެ

15 ޖުމާދަލްއޫލާ 1437

24 ފެބުރުވަރީ 2016