ދިވެހިރާއްޖެ
މިމަސައްކަތާއި ގުޅިގެން މިކޮމިޓީއިން ކުރިން ކުރި ނަންބަރު 410/410/2026/27 (IUL) އިޢުލާނުގައިވާ ކުށެއް އިސްލާހުކޮށް، އެނަންބަރު އިޢުލާންބާތިލް ކުރުމަށްފަހު، އަލުން އެމަސައްކަތް ކުރުމަށް އިޢުލާން ކުރަމެވެ.
ގއ.ދާންދޫ އަލަށް ހިއްކިބިމުގައި ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ތަރައްޤީ ކުރާ ބާބަކިއު އޭރިއާގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ކުރުމަށް ކަޑައެޅިފައިވާ 1 ހަޓާއި 2 ބާބަކިއު ސްޓޭންޑް، މިކޮމިޓީއިންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މި ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރީ ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިކުރާ ދިވެހި ފަރާތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން މައުލޫމާތު ޝީޓުގައިވާ އެންމެހައި މަސައްކަތްތަކަށް މި ކޮމިޓީއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައި އަގު ހުށަހެޅުމަށް ސަމާލުކަން ދިނުން އެދެމެވެ.
މި މަސައްކަތައް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިވެލުއޭޓްކުރެވޭ ކްރައިޓީރިއާގައިވާ އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ތިރީގައި މިވަނީއެވެ.
- އަގު % 85
- ތަޖުރިބާ % 10
- މުއްދަތު % 5
މި އިޢުލާނާއި ގުޅިގެން ބިޑްރަޖިސްޓްރީ ކުރުމަށް 28 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑްރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ. ލިންކް: https://forms.gle/Lfw9stViRfPDdcfC8
މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 28 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 13:00 ގައި ކައުންސިލްގައި ބާއްވާ އޮންލައިން މީޓިންގައެވެ. މީޓިންގް ލިންކް މިބިޑްގައި ރަޖިސްޓްރީ ކުރާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.
ބިޑް ހުށަހެޅުން، ބިޑް ހުޅުވުން އޮންނާނީ 01 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި ބާއްވާ އޮންލައިން މީޓިންގައެވެ. މީޓިންގް ލިންކް މިބިޑްގައި ރަޖިސްޓްރީ ކުރާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ހޭރިޔާމަގު، ގއ.ދާންދޫ، ދިވެހިރާއްޖެ.
ފޯން : 6820026، 7330026
އީމެއިލް : [email protected]
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.