ވަޒީފާގެ ފުރުޞަތު
ނަންބަރު: GS173/2026/IUL/07
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 01 އޮކްޓޫބަރު 2026 13:00
ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
އެސިސްޓެންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމު:

އެސިސްޓެންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-462133

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 4 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ބަނޑިދޫ ސްކޫލް، ދ.ބަނޑިދޫ

މުސާރަ:

8505/-

ސަރވިސް އެލަވަންސް:

2555/-

ހާޒިރީ ޢިނާޔަތް:

ހާޒިރުވާ ދުވަހަކަށް -/70 ރުފިޔާ

އެހެނިހެން އެލަވަންސް:

 

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-          ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލްއަށް ލިބޭ ލިޔެކިޔުންތަކާ ގުޅޭ އެންމެހާ މަސައްކަތެއް ކުރުން.
  2. ބަޖެޓްގެ މަސައްކަތްކުރުމާއި ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރުން.
  3. ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ބަޖެޓް ރިޕޯޓް ތައްޔާރުކޮށް ކޭޝްފުލޯ ބެލެހެއްޓުން.
  4. ސަރުކާރުން ބާއްވާ އިމްތިޙާނުތަކާ ގުޅިގެން ފުރިހަމަކޮށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.
  5.  ފައިސާ ބަލައިގަތުމާއި ޕޭމަންޓް ވައުޗަރތައް ހެދުމާއި ޕްރޮކިއުމަންޓް މަސައްކަތްކުރުން.
  6. ބައްދަލުވުންތައް އިންތިޒާމްކޮށް ރިކޯޑްތައް ބެލެހެއްޓުން.
  7. ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.
  8. އިދާރީ މަސައްކަތްތަކުގައި ސްކޫލުގެ ވެރިންނަށް އެހީތެރިވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
  9. ދުވަހުގެ ޔައުމިއްޔާ އަށް ބޭނުންވާ މަޢުލޫމާތު ޖަމާކުރުމާއި ޔައުމިއްޔާ ލިޔުން.
  10. ބިލްތަކަށް ފައިސާ ދެއްކުމަށް ވައުޗަރ ތައްޔާރުކޮށް ވައުޗަރ ރަޖިސްޓަރީ ބެލެހެއްޓުން.
  11. ސްކޫލަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކޮށް ފިނޭންސަށް ފޮނުވުން.
  12. މާލީ ހިސާބް ތައްޔާރުކުރުމަށް ފުރިހަމަ ކުރަންޖެހޭ ރިޕޯޓްތައް ފޮނުވުން.
  13. ކަނޑައެޅިފައިވާ ގޮތުގެ މަތިން އޮފީސް ހުޅުވާ ލެއްޕުން.
  14. ސްކޫލްގެ އިމާރާތްތަކާއި ތަކެތީގެ ( ކަބަޑް،މޭޒް،ލޮކަރު،ފައިލިންގކެބިނެޓް ) ތަޅުދަނޑިތައް ބެލެހެއްޓުމާއި ތަޅުދަނޑިތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
  15. މުވައްޒަފުންގެ މުސާރައާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް މާލިއްޔަތުގެ ޤަވާއިދުގައިވާ ގޮތުގެ މަތީން ކުރުން.
  16. ދަރިވަރުންގެ އެޑްމިޝަންއަށް ގުޅޭ ހުރިހާ މަސައްކަތެއް ކުރުން.
  17. ޕްރިންސިޕަލްގެ މަސައްކަތްތަކުގައި ހިމެނޭ އިދާރީ ޒިންމާތައް އަދާކުރުމުގައި ޕްރިންސިޕަލަށް އެހީތެރިކަން ފޯރުކޮށްދިނުން. އެގޮތުން ސްކޫލުން ޢަމަލުކުރާ އުސޫލުތަކާއި ޕްލޭންތައް ތަންފީޒުކުރުމުގައި ޕްރިންސިޕަލްއާ ގުޅިގެން މަސައްކަތްކުރުމާއި، ސްކޫލްގެ މަސައްކަތްތައް އޮމާންކަމާއެކު ރަނގަޅަށް ކުރިއަށް ގެންދިއުމަށް އެހީތެރިވުން.
  18. ސްކޫލްގެ މާލީ ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން؛ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ރެކޯޑް ބެލެހެއްޓުން؛ ރިކުއިޒިޝަންތައް ޕްރޮސެސްކުރުމާއި ރިކުއިޒިޝަން އޯޑަރުގެ ރިޕޯޓްތައް ބެލެހެއްޓުން.
  19. ދަރިވަރުންގެ އެޑްމިޝަންއަށް ގުޅޭ ހުރިހާ މަސައްކަތެއް ކުރުން.
  20. ސްކޫލްގެ އިމާރާތާއި ކްލާސްރޫމްތަކުގެ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުން.

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގު(ތައް):

  1. އެކައުންޓިންގ  
  2. އެކައުންޓިންގ ޓެކްނީޝަން  
  3. އެޑްމިނިސްޓްރޭޝަން  
  4. ބިޒްނަސް  
  5. ބިޒްނަސް އެކައުންޓިންގ  
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  7. ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ  
  8. ބިޒްނަސް މެނޭޖްމަންޓް  
  9. ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ  
  10. ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ  
  11. ކޮމްޕިއުޓަރ ޕްރޮގްރާމިންގ  
  12. ކޮމްޕިއުޓަރ ސައިންސް  
  13. ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ  
  14. ކޮމްޕިއުޓިންގ  
  15. ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ  
  16. ފައިނޭންސް  
  17. ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން  
  18. ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  19. އިންފޮމޭޝަން ޓެކްނޮލޮޖީ  
  20. އިންވެންޓްރީ މެނޭޖްމަންޓް  
  21. ލޮޖިސްޓިކްސް މެނޭޖްމަންޓް  
  22. މެނޭޖްމަންޓް  
  23. ނެޓްވަރކިންގ  
  24. އޮޕަރޭޝަންސް މެނޭޖްމަންޓް  
  25. ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް  
  26. ޕްރޮކިއުމަންޓް މެނޭޖްމަންޓް  
  27. ޕްރޮގްރާމިންގ  
  28. ޕްރޮޖެކްޓް މެނޭޖްމަންޓް  
  29. ޕަބްލިކް އެކައުންޓިންގ  
  30. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  31. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  32. ޕަބްލިކް މެނޭޖްމަންޓް  
  33. ޕާޗޭސިންގް  
  34. ކުއަންޓިޓީ ސަރވެއިންގ  
  35. ސޮފްޓްވެއަރ އިންޖިނިއަރިންގ  
  36. ސަޕްލައި ޗެއިން މެނޭޖްމަންޓް  
  37. ސިސްޓަމް އެޑްމިނިސްޓްރޭޝަން  
  38. ވެބް ޑިވެލޮޕްމަންޓް 

 

ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމުގެ ކޯ ޑިސިޕްލިން: ނެތް

 

 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  1. އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ބާއްވާ އިމްތިހާން އަދި އިންޓަވިއުއަށް ބަލައިގެން.

އަސާސީ ޝަރުތު ހަމަވުމުން

30

އަސާސި ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސި ޝަރުތައްވުރެ އިތުރަށް ލިބިފއިވާ ތަޖުރިބާ

5

އިމްތިޙާން

25

އިންޓަވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 ނޮވެމްބަރ 2026 ގެ 13:00 ގެ ކުރިން، ބަނޑިދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 08 ނޮވެމްބަރ 2026 އާއި 12 ނޮވެމްބަރ 2026، އާއި ދެމެދު ބަނޑިދޫ ސްކޫލުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952916 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

25 އޮކްޓޫބަރު 2026