މަސައްކަތް
ނަންބަރު: 618-A/2026/04
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 04 ނޮވެންބަރު 2026 11:00
ފެލިދެއަތޮޅު ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ.ތިނަދޫ މެޖިސްޓްރޭޓްކޯޓަށް ޕަބްލިކް ފެންހޮޅިއާއި ނަރުދަމާހޮޅި ގުޅުމުގެ މަސައްކަތް

       މި ކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ވ.ތިނަދޫ މެޖިސްޓްރޭޓްކޯޓަށް ޕަބްލިކް ފެންހޮޅިއާއި ނަރުދަމާހޮޅި ގުޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މައްސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 27 އޮކްޓޯބަރ 2026 ވަނަ ދުވަހު ވ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ.

      އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމް އީމެލް ކުރާނީ 04 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށެވެ.

ބީލަން ހުށަހަޅާނީ 04 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 11:00 އަށް ވ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

މި މަސައްކަތުގެ މަޢުލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމް އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ބީލަން ހުށަހަޅަން އޮންނަ ގަޑިގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބަރިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

25 އޮކްޓޫބަރު 2026