ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)378/378/2026/56
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 19 ނޮވެންބަރު 2026 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ހުޅުދެލީ ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ ފަރުމާކުރުމުގެ މުބާރާތާއި ގުޅޭ

މިއިދާރާއިން ބާއްވާ މުބާރާތްތަކާއި، އެކިއެކި ރަސްމިއްޔާތުތަކުގައި އަދި ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

       ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2026ނޮވެންބަރު  19 ވަނަ ދުވަހުގެ 14:00 ގެ ކުރިން،މިއިޢުލާނާއިއެކު އާންމުކުރެވިފައިވާ "ކައުންސިލްގެ ރަސްމީ ލޯގޯ ފަރުމާ ކުރުމާއި ގުޅޭ މަޢުލޫމާތު ކަރުދާސް" ގައި ބަޔާންކޮށްފައިވާ ގޮތަށް، ހުށަހެޅުންތަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ބަޔާންކުރެވިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ ހުށަހެޅުންތަށް ބަލައި ނުގަނެވޭނެކަމުގައި ވެސް ދެންނެވީމެވެ.

                    މިއިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 6760049 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected]  އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

25 އޮކްޓޫބަރު 2026