މުބާރާތް
ނަންބަރު: (IUL)30-MA2/30/2026/167
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 05 އޮކްޓޫބަރު 2026 14:00
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
46ވަނަ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުން

2026ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ޑިސެންބަރު 3އިން 7އަށް، ދިވެހިބަހުގެ އެކެޑަމީއާއި މި މިނިސްޓްރީ ގުޅިގެން [މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން]، މި ޝިޢާރުގެ ދަށުން ބަހުސް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި ލިންކު <https://tinyurl.com/MasveriBahus>   މެދުވެރިކޮށް ފޯމު ފުރިހަމަކުރުމަށް ފަހު ހުށަހަޅަންޖެހޭ ތަކެއްޗާ އެކު 5 ނޮވެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މުބާރާތުގެ ގަވާއިދު މި އިއުލާނާ އެކު އެއްއުރަ ކުރެވިފައިވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް www.fishagriocean.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ. މި ކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅު ނަމަ، 3339223 އަދި 3339272އާ ގުޅުއްވުން އެދެމެވެ. 

24 އޮކްޓޫބަރު 2026