ޢާންމު މަޢުލޫމާތު
ނަންބަރު: TTAM/IUL/141/2026/009
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 01:27
ސުންގަޑި: 04 ނޮވެންބަރު 2026 00:00
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޙާއްސް ޢާއްމު ޖަލްސާ 2026

މި އެސޯސިއޭޝަންގެ ޙާއްސަ ޢާއްމު ޖަލްސާ، 23 ނޮވެންބަރު 2026 ވާ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ މި އެސޯސިއޭޝަންގެ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި މި ވާހަކަ ދެންނެވީމެވެ. މިޖަލްސާގައި ބައިވެރިވެ ވޯޓްލުމުގެ ޙައްޤު ލިބިދޭނީ ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން 04 ނޮވެންބަރު 2026 ވާ ބުދަ ދުވަހު 14:00 ގެ ނިޔަލަށް މިއަހަރުގެ އަހަރީ ފީ ދައްކާފައިވާ މެމްބަރުންނަށެވެ. ޙާއްސް ޢާއްމު ޖަލްސާގެ އެޖެންޑާ،ތަނާއި އަދި ވަގުތު ފަހުގެ ތާރީޙެއްގައި އިޢުލާން ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ ހެންދުނު 10:00 އާއި 16:00 އާއި ދެމެދު 7778722  ނަންބަރަށް ގުޅުއްވުން ނޫނީ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

24 އޮކްޓޫބަރު 2026