ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-IMS/417/2026/111
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 17:31
ސުންގަޑި: 30 ނޮވެންބަރު 2026 13:30
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުވަދެވުމުގެ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުން

މިރަށުގައި އުވަދެވުމުގެ މަސައްކަތް ކުރުމަށް ކުއްޔަށް ބިން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލަމެވެ. ބިން ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން 2026 ނޮވެމްބަރ 30 ވަނަ ދުވަހުގެ 13:30 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމް މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެއެވެ. ފޯމެއްގެ އަގަކީ -/100ރ (ސަތޭކަ ރުފިޔާ)އެވެ. ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެމްބަރ 23 ވަނަ ދުވަހުން ފެށިގެން 2026 ނޮވެމްބަރ 26 އަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުންނެވެ. އަދި އޮންލައިންކޮށް ފޯމް ބައްލަވައިގަތުމަށް ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ވާރުގޭ ޕޯޓަލް https://vaarugey.hoandedhdhoo.gov.mv/submit-service-request/service-19   މެދުވެރިކޮށް ފޯމް ބައްލަވައިގަނެ ވޭނެއެވެ. އޮންލައިންކޮށް އަދި ނަގުދު ފައިސާއިން ފައިސާ ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމުގެ ސުންގަޑި ހަމަވާނީ 2026 ނޮވެމްބަރ 26 ވަނަ ދުވަހުގެ 14:00 އަށެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއިޢުލާނާއިއެކު އާންމުކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ތިރީގައި މި ދަންނަވާ ބިމެވެ.

  • 75.01 ( ބިމުގެ ބޮޑުމިން 2000 އަކަފޫޓް 40*50)
  • 75.02 ( ބިމުގެ ބޮޑުމިން 2000 އަކަފޫޓް 40*50)

ބިޑު ހުށަހަޅުއްވަނީ ކުންފުނި/ ކޯޕަރޭޓިވްސް ވިޔަފާރިއަކުން ނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ، ކުންފުނި/ ކޯޕަރޭޓިވްސްގެ ލިޔުމެއް އަދި ކުންފުނި/ ކޯޕަރޭޓިވްގެ ރަޖިސްޓްރީ/ޕްރޮފައިލް ޝީޓުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ބަދަލުގައި މީހަކު ފޮނުއްވައިގެން ބިޑު ހުށަހަޅާނަމަ އެކަން އެނގޭނެ ބިޑުގެ ވެރިފަރާތުގެ ސިޓީއެއް ބިޑްފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ ކޮންމެފަރާތަކަށް ހުށަހެޅޭނީ ބިމަކަށް އެންމެ ބިޑްފޯމެކެވެ. ކޮންމެ ބިމަކަށް ހުށަހަޅަންވާނީ ވަކި ބިޑް ފޯމެކެވެ. ފޯމް ބައްލަވައިގަތް ފަރާތް ނޫން އެހެން ފަރާތަކަށްވެސް ފައިސާ ދައްކާފައިވާ ފޯމް ބޭނުންކުރެވިދާނެއެވެ. ބިމަށް އެދި ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. މިނޫން ގޮތަކަށް ހުށަހަޅާ ބިޑް ބަލައި ނުގަނެވޭނެއެވެ. ބިންތައް ކުއްޔަށް ދިނުމާއިބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާން އާއި އެކު އާންމުކުރެވިފައި ވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 އޮކްޓޫބަރު 2026