މަސައްކަތް
ނަންބަރު: (IUL)448/1/2016/12
ޕަބްލިޝްކުރި ތާރީޚް: 29 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 10 މާރިޗު 2016 11:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށި އަދި ށ.ފުނަދޫގައި އެއަރޕޯޓެއް ތަރައްޤީ ކުރުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމާބެހޭ

އިޢުލާން

ހދ.ކުޅުދުއްފުށި އަދި ށ.ފުނަދޫގައި އެއަރޕޯޓެއް ތަރައްޤީ ކުރުމަށް ބޭނުންވާތީ މިދެރަށުގައި އެއަރޕޯޓް ހެދުމުގެ ކުރިން ތިމާވެށްޓަށް ކުރާނެ އަސަރު ދެނެގަތުމުގެ ގޮތުން ހަދަންޖެހޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ކުރެވުނު މިއޮފީހުގެ ނަންބަރު IUL)448/1/2016/9)ފ(11 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވީ ދެފަރާތުން ކަމަށްވާތީ، މި އިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، ހދ.ކުޅުދުއްފުށި އަދި ށ.ފުނަދޫގެ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓް ހަދައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 މާރިޗު 2016 (އާދީއްތަ) ދުވަހުގެ 11:00 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ/ ވެލާނާގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 މާރިޗު 2016 (ބުރާސްފަތި) ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.  

19 ޖުމާދަލްއޫލާ 1437

29 ފެބުރުވަރީ 2016