ވަޒީފާގެ ފުރުޞަތު
ނަންބަރު: IL/2026/16510
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 16:36
ސުންގަޑި: 29 އޮކްޓޫބަރު 2026 15:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް

ގްރެފިކްސް ޑިޒައިނަރ

ސެކްޝަން/ޑިވިޜަން

މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ސެކްޝަން / އެގްޒެކެޓިވް އޮފީސް

ބޭނުންވާ ޢަދަދު

01 (އެކެއް) – ކޮންޓްރެކްޓް ވަޒީފާ

ވަޒީފާގެ މުއްދަތު:

ކޮންޓްރެކްޓް ވަޒީފާގެ މުއްދަތަކީ 01 އަހަރެވެ. (01 އަހަރު ވުމުން ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކޮންޓްރެކްޓް އާކުރުމުގެ ނުވަތަ ދާއިމީ ވަޒީފާއަކަށް ބަދަލު ކުރުމާމެދު ގޮތެއް ނިންމުމުގެ ފުރުސަތު އޮންނާނެއެވެ.)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ގްރެފިކް ޑިޒައިން، މަލްޓިމީޑިއާ ޑިޒައިން، ވިޜުއަލް ކޮމިޔުނިކޭޝަން، މީޑިއާ ޕްރޮޑަކްޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑީގްރީ ހާސިލް ކޮށްފައިވުމާއެކު 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުމާއެކު ގްރެފިކް ޑިޒައިން އާއި މަލްޓިމީޑިއާގެ ގާބިލްކަން ދައްކުވައިދޭ ޕޯޓްފޯލިއޯއެއް އޮތުން.
  • ވަޒީފާ ހަމަޖެއްސުމުގައި އިސްކަންދެވޭނެ ކަންކަން:
  • އެޑޯބީ ފޮޓޯޝޮޕް، އިލަސްޓްރޭޓަރ، އިންޑިޒައިން، ޕްރިމިއަރ ޕްރޯ އަދި އާފްޓަރ އިފެކްޓްސް ފަދަ އެޑޯބީ ކްރިއޭޓިވް ސުއީޓް ސޮފްޓްވެއަރތަކަށް ފަރިތަވުން.
  • ގްރެފިކް ޑިޒައިނިންގ، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ ހުނަރު ބޭނުންކޮށްގެން، ޗާޕުކޮށްގެންނާއި ޑިޖިޓަލްކޮށް ބޭނުންކުރާނެ ފެންވަރު ރަނގަޅު ކޮންޓެންޓާއި މޯޝަން ގްރެފިކްސް ފަދަ އުފެއްދުންތައް ތައްޔާރުކުރުމުގެ ފަންނީ ތަޖުރިބާ ލިބިފައިވުން.
  • ބްލެންޑަރ ނުވަތަ މާޔާ ފަދަ ތުރީޑީ ސޮފްޓްވެއަރތަކުގެ ތަޖްރިބާ ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ސޯޝަލް މީޑިއާ ޕޯސްޓްތަކާއި، ޕަބްލިކޭޝަންތަކާއި، ރިޕޯޓްތަކާއި، ޕްރެޒެންޓޭޝަންތަކާއި، ބެނާތަކާއި، އިޝްތިހާރުތަކާއި، އިވެންޓް ބްރޭންޑިންގ އަދި އެހެނިހެން ޕްރޮމޯޝަނަލް މެޓީރިއަލްސް ހިމެނޭ ގޮތަށް އޮތޯރިޓީއަށް ބޭނުންވާ ކްރިއޭޓިވް ވިޜުއަލް މެޓީރިއަލްސް ޑިޒައިންކޮށް ޑިވެލޮޕްކުރުން.
  • އޮތޯރިޓީގެ ބްރޭންޑިންގ އަދި ކޮމިއުނިކޭޝަން ސްޓޭންޑަރޑްސް އާއި އެއްގޮތަށް ކްރިއޭޓިވް ކޮންސެޕްޓްސް، ލޭއައުޓްސް، އިލަސްޓްރޭޝަންސް، އިންފޯގްރެފިކްސް އަދި އެހެނިހެން ގްރެފިކް ކޮންޓެންޓް ތައްޔާރުކުރުން.
  • އޮތޯރިޓީން އިން ބާއްވާ ބައްދަލުވުންތަކާއި، އިވެންޓްތަކާއި، ސެމިނާތަކާއި، ތަމްރީނުތަކާއި، އެހެނިހެން ހަރަކާތްތަކުގެ ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ ކަވަރޭޖްކުރުން.
  • އޮތޯރިޓީގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކާއި ޕަބްލިކޭޝަންތަކާއި އެހެނިހެން މުވާސަލާތީ ޗެނަލްތަކުގައި ބޭނުންކުރުމަށް ފޮޓޯއާއި ވީޑިއޯއާއި މޯޝަން ގްރެފިކްސް އަދި އެހެނިހެން މަލްޓިމީޑިއާ ކޮންޓެންޓް އެޑިޓްކޮށް ޕްރޮޑިއުސްކުރުން.
  • އޮތޯރިޓީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އެހެނިހެން ޑިޖިޓަލް ކޮމިއުނިކޭޝަން ޗެނަލްތަކުގައި ވިޜުއަލް ކޮންޓެންޓް މެނޭޖްކޮށް އަޕްޑޭޓްކުރުމުގައި އެހީތެރިވުމާއި މި ތަކެތީގެ އަރުޝީފު ބެލެހުއްޓުން.
  • އޮތޯރިޓީގެ ޕަބްލިކޭޝަން، ޕްރިންޓިންގ އަދި ޕްރޮޑަކްޝަނާ ގުޅުންހުރި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

މުސާރަޔާއި އިނާޔަތްތައް

26,300.00 – 29,300.00 ރުފިޔާ

މަޤާމް

ޑެވެލޮޕަރ

ސެކްޝަން/ޑިވިޜަން

އިނޮވޭޝަންއެންޑް އާކިޓެކްޗަރ ސަރވިސަސް ސެކްޝަން/ އިންފޮމޭޝަންޓެކްނޮލޮޖީ ޑިވިޜަން

ބޭނުންވާ ޢަދަދު

01 (އެކެއް) – ކޮންޓްރެކްޓް ވަޒީފާ

ވަޒީފާގެ މުއްދަތު:

ކޮންޓްރެކްޓް ވަޒީފާގެ މުއްދަތަކީ 02 އަހަރެވެ. (02 އަހަރު ވުމުން ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކޮންޓްރެކްޓް އާކުރުމުގެ ނުވަތަ ދާއިމީ ވަޒީފާއަކަށް ބަދަލު ކުރުމާމެދު ގޮތެއް ނިންމުމުގެ ފުރުސަތު އޮންނާނެއެވެ.)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

ކޮމްޕިއުޓަރ ސައިންސް ނުވަތަ ސޮފްޓްވެއަރ އެންޖިނިއަރިންގްއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އޮތޯރިޓީގެ އިން-ހައުސް ސޮފްޓްވެއަރ އެޕްލިކޭޝަންތައް ޑިޒައިންކޮށް، ޑެވެލޮޕްކޮށް ބެލެހެއްޓުމާއި، ޕްރޮސެސްތައް އޮޓޮމޭޓްކުރުމުގެ މަސައްކަތްކުރުމާއި، ޓެކްނިކަލް ރިކުއަރމަންޓްތައް އެނަލައިޒްކުރުމުގެ އިތުރުން އިމްޕްލިމެންޓްކޮށް ޓެސްޓުކުރުމާއި އައިޓީ ސަރވިސް ރިކުއެސްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް

ޑެވްއޮޕްސް އެންޖިނިއަރ

ސެކްޝަން/ޑިވިޜަން

ޑިޖިޓަލްސެކިއުރިޓީ ސަރވިސަސް ސެކްޝަން/ އިންފޮމޭޝަންޓެކްނޮލޮޖީ ޑިވިޜަން

ބޭނުންވާ ޢަދަދު

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން
  • އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އޮތޯރިޓީގެ އިންފްރާސްޓްރަކްޗަރ، އޮޓޮމޭޝަން އަދި ޑެލިވެރީ ޕައިޕްލައިންތައް ތައްޔާރުކުރުމާއި ބެލެހެއްޓުމުގެ މަސައްކަތްކުރުމާއި ސޮފްޓްވެއަރ ޑެވެލޮޕަރސްއާއި އިންފްރާސްޓްރަކްޗަރ އެންޑް އޮޕަރޭޝަންސް ޓީމާއެއްކޮށް ސޮފްޓްވެއަރ ޕްލެޓްފޯމްތައް ޑިޒައިންކޮށް ޑިޕްލޯއިކުރުމުގެ މަސައްކަތްކުރުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާރސްޓަރސް ސެޓްފިކެޓް ލިބިފައި ނުވާނަމަ، ޔުނިވަރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން
  • ޑިގްރީ އަދި މާރސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރިޑެޓްކޮށްފައި ނުވާނަމަ، އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން
  • މަސައްކަތުގެ އަދި މެނޭޖްމަންޓް ތަޖުރިބާ ބޭނުންވާ މަޤާމުތަކަށް، އެކަންކަން ސާބިތުކުރެވޭނެ ލިޔެކިޔުން ހުށަހަޅަންވާނެ. އަދި ލިޔެކިޔުން ހުށަހަޅާފައިނުވާނަމަ، އެޕްލިކޭޝަން ބަލައިނުގަނެވޭނެ.
  • ވަޒީފާއެއް އަދާކުރައްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް

ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން

ސުންގަޑި

29 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބަލާނީ ވަޒީފާއަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާ/ވަޒީފާތައް އަދާކޮށްފައިވާ ގޮތަށެވެ.

22 އޮކްޓޫބަރު 2026